Ads by Farudhun

ޚަބަރު

ބޯހިޔާވަހިކަމުގެ ޕްރޮގްރާމްތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހެލްޕު ޑެސްކުން

ބޯހިޔާވަހިކަމުގެ ޕްރޮގްރާމްތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހެލްޕު ޑެސްކުން

ހިޔާ ޓަވަރުތައް---

farudhun logo

ފަރުދުން

26 އޯގަސްޓު 2026، 11:41

26 އޯގަސްޓު 2026، 11:41

 

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ އެކި ޕްރޮގްރާމްތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ހެލްޕު ޑެސްކަށް ގުޅުމަށް އެ ވުޒާރާއިން އެދެއެވެ. 

މި ހެލްޕު ޑެސްކުގެ ޚިދުމަތް ކޮންމެ ދުވަހަކު މެންދުރުފަހު 3:00 އާ ހަމައަށް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ވިދާޅުވީ، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން މެންދުރުފަހު 15:00 (3:00) އާ ހަމައަށް ހެލްޕު ޑެސްކުން ޚިދުމަތް ދެމުން ގެންދާނެ ކަމަށެވެ. އަދި މި ޚިދުމަތް ހޯދުމަށް 4004900 ނަންބަރު ކޯލް ސެންޓަރަށް ގުޅުއްވުމުން މަޢުލޫމާތު ލިބޭނެ ކަމަށް ވެސް އެ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.

މި ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ މަޝްރޫޢަށް އާންމުންގެ ބޮޑު ތަރުޙީބެއް ލިބިފައިވާއިރު، ޖުމްލަ 58،585 ފޯމު ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފްލެޓަށް އެދި ހުށަހަޅާފައިވާ 35,930 ފޯމާއި، ގޯއްޗަށް އެދި ހުށަހަޅާފައިވާ 22,575 ފޯމެވެ. މިނިސްޓްރީން މިހާރު ކުރިއަށް ގެންދަނީ މި ފޯމުތަކުގެ މަޢުލޫމާތުތައް ޞައްޙަތޯ ބަލައި، ވެރިފައި ކުރުމުގެ މަރުޙަލާގެ މަސައްކަތްތަކެވެ.

ރާއްޖޭގައި ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ ހުރިހާ ރައްޔިތުންނަށް މި ރިޔާސީ ދައުރުގެ ތެރޭގައި އެކަން ކަށަވަރުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ މުހިންމު އެއް ވަޢުދުފުޅެވެ. އެގޮތުން، މި ސިޔާސަތުގެ ދަށުން ރައްޔިތުންނަށް ބޭނުންވާ މަޢުލޫމާތުތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ސަރުކާރުން ދަނީ ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450