ޚަބަރު
އުނގޫފާރު ނެރު ފުންކުރުމުގެ މަސައްކަތުގެ 85 އިންސައްތަ ނިމިއްޖެ
އުނގޫފާރުގެ ނެރު ފުންކުރުން / ފޮޓޯ: އުނގޫފާރު ޑޮޓްކޮމް
ރ. އުނގޫފާރުގެ ނެރު ފުންކުރުމަށްޓަކައި ކުރިއަށްގެންދާ މަސައްކަތުގެ 85 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ހާމަކޮށްފިއެވެ.
އުނގޫފާރު ކައުންސިލުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި މަސައްކަތަކީ އެ ރަށުގެ ނެރު ތިލަވުމުގެ ސަބަބުން ބަރު އުޅަނދުފަހަރަށް ފަޅަށް ވަދެނިކުތުމުގައި ދިމާވެފައިވާ ބޮޑެތި ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މީގެއިތުރުން، ނެރު ތިލަވުމުގެ ސަބަބުން މީގެކުރިން ހިތާމަވެރި އެކި ހާދިސާތައް ހިނގާފައިވާ ކަމަށްވެސް ކައުންސިލުން ފާހަގަކުރައްވައެވެ.
އުނގޫފާރުގެ ނެރު ފުންކުރުން / ފޮޓޯ: އުނގޫފާރު ޑޮޓްކޮމް
އުނގޫފާރު ކައުންސިލާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތުގައި، ނެރު ފުންކުރުމުގެ މަސައްކަތް ކުރަމުންދަނީ އެކްސްކަވޭޓަރެއް ބޭނުންކޮށްގެންނެވެ. ބެލެވެއެވެ.
އެމްޓީސީސީގެ ފަރާތުން "ފަރުދުން" މީޑިއާއަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، މި މަސައްކަތް މިއަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެއްކޮށް ނިންމާލުމަށްޓަކައި ހަލުވި ދުވެލީގައި މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.