Ads by Farudhun

ޚަބަރު

ކޮންމެ ކަމެއް ސިޔާސީ ކުރާނަމަ ރާއްޖޭގައި ހިނގާފައިވާ ވައްކަމުގެ އެއްވެސް މައްސަލައެއް ނުބެލޭނެ: އެމްޕީ މަމްދޫޙް

ކޮންމެ ކަމެއް ސިޔާސީ ކުރާނަމަ ރާއްޖޭގައި ހިނގާފައިވާ ވައްކަމުގެ އެއްވެސް މައްސަލައެއް ނުބެލޭނެ: އެމްޕީ މަމްދޫޙް

ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 އޯގަސްޓު 2026، 01:44

26 އޯގަސްޓު 2026، 01:44

ހުލާސާ


ކޮންމެ ކަމެއް ސިޔާސީ ނަޒަރަކުން ވިސްނައިގެން އެ ވާހަކަތައް ދައްކަންވެއްޖެނަމަ، ރާއްޖޭގައި ހިނގާފައިވާ ވައްކަމުގެ އެއްވެސް މައްސަލައެއް ނުބެލޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.

މެންބަރު މަމްދޫހު މިފަދައިން ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ، 2012 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރާ ހަމައަށް ހޭދަވި 11 އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް މަޖިލީހުގައި ބަހުސްކުރައްވަމުންނެވެ.

މެމްބަރު މަމްދޫހު ވިދާޅުވީ، މި ރިޕޯޓުވެސް އަދި އެހެން ރިޕޯޓުތައް ވެސް މަޖިލީހުގެ ތަޅުމަށް ގެންނަނީ އެ ރިޕޯޓުތަކާ ގުޅިގެން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ބަލަންޖެހޭ ބެލުންތަކާއި ދިރާސާތައް ކުރުމަށްފަހުގައި ކަމަށެވެ. އަދި އޮޑިޓާ ޖެނެރަލް ނެރޭ އޮޑިޓް ރިޕޯޓަކުން ނުވަތަ އެނޫންވެސް ގޮތަކުން ވައްކަމުގެ މައްސަލައެއް ފާހަގަވެގެން އެކަން ބަލާއިރު، އެއީ އަންނަން އޮތް ރިޔާސީ އިންތިހާބަށް އަމާޒުކޮށްގެން ސިޔާސީ ކުރަންޖެހޭ ކަމެއް ނޫން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ވައްކަން ކޮށް ހެދުމަކީ، ނޫނީ ރިޕޯޓަކުން ކަމެއް ފާހަގަވެފަ އޮތީމަ އެކަން ބެލުމަކީ އެއީ އަންނަން އޮތް ރިޔާސީ އިންތިހާބާ ހަމައަށް ސިޔާސީކޮށް އެވާހަކަ ދައްކަން ޖެހޭ ކަމެއް ނޫން. މިކަހަލަ އެއްވެސް އަސާސެއްގެ މައްޗަކަށް ނޫން ކޮމެޓީތަކުގެ ނޫނީ މަޖިލީހުގަ މަސައްކަތްތައް ކުރިއަށް ގެންދަނީކީ، ކޮންމެ ކަމެއް ސިޔާސީ ކުރަންވެއްޖީއަ ރާއްޖޭގައި ހިނގާފައިވާ ވައްކަމުގެ އެއްވެސް މައްސަލައެއް ނުބެލޭނެ.

މެމްބަރު މަމްދޫހު ވިދާޅުވިއެވެ.

މީގެއިތުރުން، މަޖިލީހުގެ ކޮމިޓީތަކުން ކަންކަން ބަލަނީ ވަކި މީހަކަށް ނުވަތަ ވަކި ފަރާތަކަށް ބަލައިގެން ނޫން ކަމަށާއި، އެއްވެސް ފަރާތަކުން ގޯހެއް ހަދާފައިވާނަމަ އެކަމުގެ ޒިންމާ ކޮންމެވެސް ބަޔަކަށް ރައްދުވާނެ ކަމަށްވެސް މެންބަރު މަމްދޫހު ވަނީ ވިދާޅުވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450