Ads by Farudhun

ޚަބަރު

އެލްޖީއޭގެ ބޯޑަށް އައްޔަންކުރާ ދެ ބޭފުޅުންނަށް މަޖިލީހުން ރުހުންދީފި

އެލްޖީއޭގެ ބޯޑަށް އައްޔަންކުރާ ދެ ބޭފުޅުންނަށް މަޖިލީހުން ރުހުންދީފި

މަޖިލީހުގެ އިދާރާ---

farudhun logo

ފަރުދުން

26 އޯގަސްޓު 2026، 03:10

26 އޯގަސްޓު 2026، 03:10

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް އައްޔަން ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ދެ ބޭފުޅުންގެ ނަންފުޅަށް މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

އެގޮތުން، މިންތީގެ ހަމަހަމަކަން ނުވަތަ ޖެންޑަރ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ބޭފުޅެއްގެ ގޮތުގައި އެލްޖީއޭގެ ބޯޑަށް އައްޔަން ކުރެއްވުމަށް ހުށަހެޅުއްވީ ގދ. ގައްދޫ، ތިބުރޯޒުގެ، އައިޝަތު އަރީފާގެ ނަމެވެ. އަދި ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ބޭފުޅެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވަނީ ށ. ކަނޑިތީމު، ރަތްވިލާގެ، މުޙައްމަދު އާރިފްގެ ނަމެވެ.

މި ދެ ބޭފުޅުންގެ ނަން މަޖިލީހަށް ފޮނުއްވާފައިވަނީ މި ހިނގާ މަހުގެ 10 ވަނަ ދުވަހުއެވެ. އެއީ މިންތީގެ ހަމަހަމަކަމުގެ ދާއިރާއިން އައްޔަންކުރައްވާ އަންހެން މެންބަރަކާއި، ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އައްޔަން ކުރައްވާ މެންބަރެއްގެ ނަމެވެ.

މަޖިލީހުގެ ކަމާބެހޭ ކޮމިޓީން އެ ދެ ބޭފުޅުންނަށް ރުހުން ދިނުމަށް ނިންމި ނިންމުމާ އެއްގޮތަށް، މަޖިލީހުގެ ތަޅުމުގައި މި ދެ ނަމަށް ވޯޓަށް އަހާފައިވަނީ ވަކިވަކިންނެވެ. އެގޮތުން މުޙައްމަދު އާރިފް ބޯޑަށް އައްޔަން ކުރުމަށް ފެންނަކަމަށް ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ފާސްކުރިއިރު، އައިޝަތު އަރީފާ އައްޔަން ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 48 މެންބަރުންނެވެ.

ޖުމްލަ 9 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ އެލްޖީއޭގެ ބޯޑުގައި ތިއްބަވަނީ ޤާނޫނުއަސާސީގެ 140 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބޭނުމަށް ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ވަޒީރުގެ އިތުރުން؛ ޖެންޑަރ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެމްބަރަކާއި، ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ތަޖުރިބާ ލިބިފައިވާ މެންބަރަކާއި، މަދަނީ ޖަމްޢިއްޔާތަކުގެ މެމްބަރެކެވެ. މީގެ އިތުރުން ސިޓީ ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެމްބަރަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ ރައީސުންގެ ތެރެއިން އިންތިޚާބުކުރާ މެމްބަރަކާއި، ރަށު ކައުންސިލްތަކުގެ ތެރެއިން އިންތިޚާބު ކުރާ މެމްބަރަކާއި، މާލީ ކަންކަމާ ގުޅޭ ވުޒާރާގެ ވަޒީރު ކަނޑައަޅުއްވާ އެ އޮފީހުގެ މުވައްޒަފެއްގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450