Ads by Farudhun

ޚަބަރު

މަތިވެރި ސްކޫލްގެ 12 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލް އިމާރާތުގެ މަސައްކަތް ބާރަށް ކުރިއަށް

މަތިވެރި ސްކޫލްގެ 12 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލް އިމާރާތުގެ މަސައްކަތް ބާރަށް ކުރިއަށް

މަތިވެރި ސްކޫލްގެ 12ކްލާސް ރޫމާއި މަލްޓިޕާޕަސް ހޯލް ހެދުމުގެ މަސައްކަތުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 އޯގަސްޓު 2026، 05:38

26 އޯގަސްޓު 2026، 05:38

އއ. މަތިވެރި ސްކޫލް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން އަޅަމުންދާ 12 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލް އިމާރާތުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މި މަޝްރޫޢުގެ މަސައްކަތް މިހާރު ވަނީ ފިނިޝިންގ މަރުޙަލާއަށް ވާސިލުވެފައެވެ.

މިހާރު ކުރިއަށްދާ މަސައްކަތްތައް
އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި، ޕްރޮޖެކްޓް ސައިޓުގައި މިހާރު ކުރިއަށްދަނީ އިމާރާތުގެ ދެވަނަ ފަންގިފިލާގެ ސިމެންތި ޖެހުމުގެ މަސައްކަތާއި، ޕްލަމްބިންގ ނުވަތަ ފެނާއި ނަރުދަމާގެ ހޮޅި އެޅުމުގެ މަސައްކަތްތަކެވެ. މީގެއިތުރުން އިމާރާތުގެ ފާރުތަކުގައި ކަރަންޓު ހޮޅި އެޅުމުގެ މަސައްކަތާއި، ސީލިންގ އެޅުމަށްޓަކައި ލަކުޑި ފްރޭމް އެޅުމުގެ މަސައްކަތްތައްވެސް ސައިޓުގައި ދަނީ ބާރަށް ހިނގަމުންނެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ، ކުރީގެ ކޮންޓްރެކްޓަރުންގެ ސަބަބުން މަޑުޖެހިފައި އޮތް މަސައްކަތްތައް ނިންމައި، މަތިވެރީ ސްކޫލްގެ ޖާގައިގެ ދަތިކަމަށް ޒަމާނީ ހައްލެއް ހޯދައިދިނުމެވެ. މި މަޝްރޫޢުގެ ދަށުން ޒަމާނީ ފެންވަރުގެ 12 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލެއް ގާއިމުކުރެވިގެންދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450