ވިޔަފާރި / ޚަބަރު

ރާއްޖޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާ "ޓީޓީއެމް މޯލްޑިވްސް" ފަށައިފި

ރާއްޖޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާ "ޓީޓީއެމް މޯލްޑިވްސް" ފަށައިފި

ޓީޓީއެމް މޯލްޑިވްސް ފަތުރުވެރިކަމުގެ ފެއާގެ ތެރެއިން ފޮޓޯ: ޓީޓީއެމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

26 އޯގަސްޓު 2026، 06:19

26 އޯގަސްޓު 2026، 06:19

ދިވެހިރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެއާ، "ޓްރެވަލް ޓްރޭޑް މޯލްޑިވްސް" (ޓީޓީއެމް) ގެ 10 ވަނަ އެޑިޝަން މިއަދު ރަސްމީކޮށް ފަށައިފިއެވެ.

މާލޭގެ ބާސެލޯ ނަސަންދުރާގައި މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ފެއާގައި، ރާއްޖޭގެ 130 އަށްވުރެ ގިނަ ރިސޯޓާއި، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ މައިގަނޑު 30 މާކެޓަކުން 250 އަށްވުރެ ގިނަ ޓްރެވަލް އޮޕަރޭޓަރުންނާއި އެޖެންޓުން ދަނީ ބައިވެރިވަމުންނެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ވިދާޅުވީ، މިއީ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކާއި ބައިނަލްއަޤްވާމީ މާހިރުން އެއްތަނަކުން ބައްދަލުވެ، ވިޔަފާރީގެ އައު ފުރުޞަތުތައް ފަހިކުރުމަށާއި ގުޅުންތައް ބަދަހިކުރުމަށް ލިބޭ ވަރަށް އަގުހުރި މަންސައެއް ކަމަށެވެ. އަދި މިއީ މި ސިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ޕްރޮފެޝަނަލް ގުޅުންތައް ޤާއިމުކުރުމަށާއި، ސްޓްރެޓީޖިކް ޕާޓްނަޝިޕްތައް އުފެއްދުމުގެ އިތުރުން، ދުނިޔޭގެ ފަތުރުވެރިކަމުގެ ޓްރެންޑުތަކަށް އަންނަ ބަދަލުތަކާ ގުޅޭ މަޢުލޫމާތު ޙިއްޞާ ކުރުމަށް ލިބިގެންދާ މުހިންމު ފުރުޞަތެެއް ކަމަށްވެސް އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.

މި ފެއާގެ އެގްޒިބިޓަރެއްގެ ގޮތުގައި ޓީޓީއެމްގެ ގޯލްޑް ސްޕޮންސަރު އަދި ޑެސްޓިނޭޝަން ޕާޓްނަރުގެ ހައިސިއްޔަތުން ވިޒިޓް މޯލްޑިވްސްއިން ބައިވެރިވެއެވެ. މި އިވެންޓުގެ ތެރެއިން ޤާއިމުކޮށްފައިވާ ޚާއްޞަ ލައުންޖެއް މެދުވެރިކޮށް ބައިނަލްއަޤްވާމީ ޓުއާ އޮޕަރޭޓަރުންނާއި، ޓްރެވަލް އެޖެންޓުން، ޑީއެމްސީތައް، އެއާލައިންތައް އަދި މީޑިއާތަކާއެކު މުހިންމު ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ފެއާގެ ހަރަކާތްތައް ނިންމާލުމުގެ ގޮތުން ބާއްވާ 'ޓީޓީއެމް އެވޯޑްސް އެންޑް ގާލާ' ބޭއްވުމަށް ހަމަޖެހިފައިވަނީ މި ބުރާސްފަތި ދުވަހުގެ ރޭ ކްރޮސް ރޯޑްސް މޯލްޑިވްސްގައެވެ. މި ޝަރަފުވެރި ޙަފުލާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ފަދަ މޮޅު ކާމިޔާބީތައް ހޯދާފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް އެވޯޑު ދިނުން އޮންނާނެއެވެ.

ވީއެމްސީން އިތުރަށް ވިދާޅުވީ، ޓީޓީއެމްގެ 10 ވަނަ އެޑިޝަނަކީ ބައިނަލްއަޤްވާމީ ބާޒާރުތަކާ ރާއްޖެ ގުޅުވައިދިނުމުގައާއި، ސިނާޢަތުގެ ވިޔަފާރި ގުޅުންތައް ވަރުގަދަކޮށް، ރާއްޖޭގެ ފަތުރުވެރިކަމަށް ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދައިދިނުމުގައި އަދާކުރާ ވަރަށް މުހިންމު ދައުރެއް ރަމްޒުކޮށްދޭ ހަރަކާތެއް ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450