Ads by Farudhun

ޚަބަރު

ތިމަރަފުށީ މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ބާރަށް ކުރިއަށް!

ތިމަރަފުށީ މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ބާރަށް ކުރިއަށް!

ތިމަރަފުށީ މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފޮޓޯ: އާރްޑީސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

26 އޯގަސްޓު 2026، 06:26

26 އޯގަސްޓު 2026، 06:26

ތ. ތިމަރަފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިއަދު ފަށައިފިއެވެ.

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢަކީ 75,704,226.92 (ހަތްދިހަ ފަސް މިލިއަން، ހަތްލައްކަ ހަތަރު ހާސް، ދުއިސައްތަ ސައްބީސް ރުފިޔާ، ބާނަވިސް ލާރި) ގެ އަގުހުރި މަޝްރޫޢެކެވެ. މި މަސައްކަތް އާރްޑީސީއާ ރަސްމީކޮށް ހަވާލުކޮށްފައިވަނީ 31 ޑިސެންބަރު 2019 ގައެވެ.

އާރްޑީސީން މަޢުލޫމާތު ދޭ ގޮތުގައި، ތިމަރަފުށީގެ މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް މިހާރު ފެށި، ބާރު ދުވެލީގައި ކުރިއަށްދާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން އެރަށުގެ ޖުމްލަ 4 ކިލޯމީޓަރުގެ ދިގުމިން ހުންނަ 7 މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން، މި މަޝްރޫޢުގެ ތެރޭގައި ހިނގާ މީހުންނަށް ރައްކާތެރިކަމާއެކު ބޭނުންކުރެވޭނެ ފަދަ ދުވާރުތައް ހެދުމާއި، ވިއްސާރަ މޫސުމުގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން ފެންހިންދާ ނިޒާމު ޤާއިމުކުރުން ހިމެނެއެވެ. އަދި މަގުތަކުގައި ޓްރެފިކް ނިޝާންތަކާއި ރޯޑް މާކިންތައް ކުރެހުމުގެ އިތުރުން މަގުމަތީގެ ސައިން ބޯޑުތައް ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެއެވެ.

ގާތްގަނޑަކަށް 2800 މީހުންގެ އާބާދީއެއް އޮންނަ، އަދި 221.45 ހެކްޓަރުގެ ބޮޑު ތިމަރަފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ހެދިގެން ދިއުމަކީ އެރަށުގެ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ދިމާވާ ދަތިތަކަށް ބޮޑު ލުޔެއް ލިބި، މަގުމަތީގެ ރައްކާތެރިކަން އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމެކެވެ.



Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450