Ads by Farudhun

ޚަބަރު

ރާއްޖެ އާއި އޮސްޓްރޭލިއާދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކޮށްފި

ރާއްޖެ އާއި އޮސްޓްރޭލިއާދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކޮށްފި

މި މަޝްވަރާގެ ތެރެއިން. ފޮޓޯ: މަޖިލިސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

27 އޯގަސްޓު 2026، 09:35

27 އޯގަސްޓު 2026، 09:35

އޮސްޓްރޭލިއާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސް މިލްޓަން ޑިކްއާ، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބައްދަލުކުރައްވައިފިއެވެ. 

މި ބައްދަލުވުން ކުރިއަށްދިޔައީ ކެމްބޯޑިއާގެ ފްނޮމް ޕެންގައި ބާއްވަމުން އަންނަ ދެވަނަ އިންޓަރ-ޕާލަމެންޓްރީ ސްޕީކާސް ކޮންފަރެންސްގެ ތެރެއިން 26 އޮގަސްޓުގައެވެ. މި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުގެ ޕާލަމެންޓުގެ ދެމެދުގައިވާ ގުޅުން އިތުރަށް ވަރުގަދަކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ބަދަލުކުރެއްވިއެވެ. މީގެއިތުރުން، ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު އޮތް އެކުވެރި ގުޅުން އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށް ޓަކައި ދެ ބޭފުޅުންގެ މެދުގައި ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނެވެ.

ދެވަނަ އިންޓަރ-ޕާލިމެންޓަރީ ސްޕީކާރސް ކޮންފަރެންސްގެ ތެރެއިން، "ޞުލްޙައާއި ތަނަވަސްކަމަށްޓަކައި އެއްބައިވަންތަކަން: ބައިނަލްއަޤުވާމީ ޤާނޫނުތައް ހަރުދަނާކުރުމާއި ޞުލްޙަވެރިކަމާއެކު މައްސަލަތައް ހައްލުކުރުން" މި މައުޟޫއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ތަޤުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. 



މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، މައްޗަންގޮޅި ދެކުނު ދާއިރާގެ، މެންބަރު މުޞްޠަފާ ޙުސައިން، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު، މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯ، އަޙްމަދު ނިހާން ޙުސައިން މަނިކު އަދި ފޮރިން ރިލޭޝަންސް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ޒުއްޔިނާ ބަދުރީ ބައިވެރިވެވަޑައިގަންނަވައެވެ.

އައި.އެސް.ސީ ކޮންފަރެންސަކީ، ޞުލްޙައާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، ހަމަނުޖެހުންތައް ޙައްލުކުރުމުގެ އިތުރުން، ގުޅިފައިވާ ތަރައްޤީއާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެކި ޤައުމުތަކުގެ  ޤާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ކޮންފަރެންސެކެވެ.
ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ޚާރިޖީ ގުޅުން ފެށިފައިވަނީ 1974 ވަނަ އަހަރުގައެވެ. ޚާއްޞަކޮށް ތަޢުލީމީ ރޮނގުންނާއި މެރިޓައިމް އަދި ކަނޑުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ދާއިރާއިން ދެ ޤައުމުގެ މެދުގައި ވަރުގަދަ ގުޅުމެއް އުފެދިފައިވާކަން ފާހަގަކޮށްލެވެއެވެ. ހަމައެއާއެކު، ބައިނަލްއަޤުވާމީ އެކިއެކި މައިދާންތަކާއި މުޢާހަދާތަކުގައިވެސް ދެ ޤައުމުން ގުޅިގެން މަސައްކަތްކުރަމުން އާދެއެވެ.

 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450