Ads by Farudhun

ޚަބަރު

ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރަކަށް ޔާސިރު އައްޔަންކުރައްވައިފި

ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރަކަށް ޔާސިރު އައްޔަންކުރައްވައިފި

އަބްދުﷲ ޔާސިރު---

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

27 އޯގަސްޓު 2026، 10:09

27 އޯގަސްޓު 2026، 10:09

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ މައި ކުންފުނި ކަމަށްވާ ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް އަބްދުﷲ ޔާސިރު އައްޔަންކުރައްވައިފިއެވެ.

ވިޒިޓް މޯލްޑިވްސްއިން މިކަން ހާމަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ކުންފުނިން ހިންގުމާ އޭނާ ހަވާލުވެވަޑައިގަތުމާއެކު، އައު ހިޔާލުތަކާއި، ގުޅިގެން މަސައްކަތްކުރުމުގެ ރޫހެއްގައި، ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ބާޒާރުތަކުގައި ރާއްޖޭގެ މަގުބޫލުކަން އިތުރަށް ވަރުގަދަކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ އާ ބާބެއް ފެށިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް ވިދާޅުވެފައެވެ.



ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި އެންމެ ފަހުން ހުންނެވީ އިބްރާހިމް ޝިއުރީއެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ މި މަހުގެ 24 ވަނަ ދުވަހުއެވެ. ނަމަވެސް އެ މަގާމުން ޝިއުރީ އިސްތިއުފާ ދެއްވި ވަކި ޚާއްސަ ސަބަބެއް މިހާތަނަށް ރަސްމީކޮށް ހާމަކުރައްވާފައެއް ނުވެއެވެ.

ވިޒިޓް މޯލްޑިވްސްއަކީ  ދިވެހިރާއްޖެ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކޮށް ޕްރޮމޯޓްކުރުމަށް ޓަކައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބޭނުންކުރާ ރަސްމީ ބްރޭންޑެވެ.

ވިޒިޓް މޯލްޑިވްސްގެ މައިގަނޑު މަޤްޞަދަކީ ދުނިޔޭގެ ފެންވަރުގައި ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، ދިވެހިންގެ މުއްސަނދި ސަގާފަތް  އިޝްތިހާރުކުރުމެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކޮށް، ދުނިޔޭގެ މަޤްބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމަކީ މި ބްރޭންޑުގެ މުހިންމު އަމާޒެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450