Ads by Farudhun

ޚަބަރު

ވަޒީރު ޢަލީ ޝަރީފް، އިންޑިއާގެ ތިމާވެށްޓާއި ބެހޭ ވަޒީރާއި ބައްދަލުކުރައްވައިފި

ވަޒީރު ޢަލީ ޝަރީފް، އިންޑިއާގެ ތިމާވެށްޓާއި ބެހޭ ވަޒީރާއި ބައްދަލުކުރައްވައިފި

މި ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: ތިމާވެއްޓާއި ބެހޭ ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

27 އޯގަސްޓު 2026، 12:38

27 އޯގަސްޓު 2026، 12:38

ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން ޓު ކޮމްބެޓް ޑެޒަޓިފިކޭޝަން (ޔޫ.އެން.ސީ.ސީ.ޑީ) ގެ 17 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް-17) ގެ ތެރެއިން، މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭ ވަޒީރު ޢަލީ ޝަރީފް، އިންޑިއާގެ ޔޫނިއަން ކެބިނެޓް މިނިސްޓަރ ފޮރ އެންވަޔަރަންމަންޓް، ފޮރެސްޓް އެންޑް ކްލައިމެޓް ޗޭންޖް، ބުޕެންދަރ ޔާދަވްއާ ބައްދަލުކުރައްވައިފިއެވެ.

މޮންގޯލިއާގެ އުލާންބާތާގައި ބޭއްވެވި މި ބައްދަލުވުމުގައި ވަޒީރުގެ އަރިހުގައި ޑިރެކްޓަރ އޮފް ނޮލެޖް މެނޭޖްމަންޓް، ރިސާޗް އެންޑް އެސެސްމަންޓް އަޙްމަދު ޝާން ބައިވެރިވެވަޑައިގެންނެވިއެވެ.

ދެ ގައުމުގެ ދެމެދުގައި ބޭއްވުނު މި ބައްދަލުވުމުގައި، ރާއްޖެއާއި އިންޑިއާއާ ދެމެދު ޒަމާނުއްސުރެ ދެމިއޮތް އެކުވެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ދެފަރާތުން ފުޅާ ދާއިރާއެއްގައި ވާހަކަދެއްކެވި ކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މީގެ ތެރޭގައި ވެށީގެ ނިޒާމުތައް އަލުން އާރާސްތުކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވުމާއި، ޖައްވީ ޓެކްނޮލޮޖީ އަދި ސެޓެލައިޓް މައުލޫމާތުގެ އެހީ ހޯދުމުގެ އިތުރުން ކަނޑޫފާތައް ރައްކާތެރިކޮށް ދެމެހެއްޓުމުގައި އަމަލީ ގޮތުން ގުޅިގެން މަސައްކަތްކުރުން ހިމެނޭކަން އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.



ހަމައެއާއެކު، އާތު އޮބްޒަވޭޝަން އަދި ރިމޯޓް ސެންސިންގ ގެ ރޮނގުން ގާއިމުވެފައިވާ އެއްބާރުލުން އިތުރަށް ވަރުގަދަކުރުމަށާއި، ކަނޑުފަޅާއި ގޮނޑުދޮށުގެ ވެށި ބެލެހެއްޓުމާއި ތިމާވެށީގެ ހާލަތު ދެނެގަތުމުގައި ދެ ގައުމުގެ އިދާރާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވެސް ވާހަކަދެއްކެވިއެވެ. އަދި މި ދާއިރާތަކުން ފަންނީ ގޮތުން ކުޅަދާނަކަން އިތުރުކުރުމުގެ ފުރުސަތުތައް ފަހިކުރުމާ މެދު ވެސް މި ބައްދަލުވުމުގައި ވަނީ ހިޔާލު ބަދަލުކުރައްވާފައި ކަމަށް ވުޒާރާއިން ވިދާޅުވެއެވެ.

ޔޫއެންސީސީޑީ ކޮޕް-17 ސަމިޓަކީ  ބިންގަނޑު ހަލާކުވުމާއި، ވާރޭ ނުވެހި ހަނަފަސްވުމާ ދެކޮޅަށް މަސައްކަތްކުރުމަށް އދ. އިން ބާއްވާ ބައިނަލްއަޤްވާމީ މުހިންމު ސަމިޓެކެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450