Ads by Farudhun

ޚަބަރު

އަބަދުވެސް އިސްކަންދޭންވާނީ މަޝްވަރާއާއި އެއްބާރުލުން ދިނުމަށް: އަބްދުއްރަހީމް

އަބަދުވެސް އިސްކަންދޭންވާނީ މަޝްވަރާއާއި އެއްބާރުލުން ދިނުމަށް: އަބްދުއްރަހީމް

ދެވަނަ އިންޓަރ ޕާލިމެންޓްރީ ސްޕީކާސް ކޮންފަރެންސް. ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 އޯގަސްޓު 2026، 10:07

28 އޯގަސްޓު 2026، 10:07

ދުނިޔޭގެ ޞުލްޙައާއި ތަނަވަސްކަން ޤާއިމުކުރުމަށްޓަކައި، ޤާނޫނު ހަދާ މަޖިލިސްތަކުގެ މެދުގައި އޮންނަ ގުޅުންތައް ވަރުގަދަކުރުމަށާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އިހުތިރާމްކުރުމުގެ އިތުރުން މަޝްވަރާކުރުން އިސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ގޮވާލައްވައިފިއެވެ.

އެ މަނިކުފާނު މިކަމަށް ގޮވާލެއްވީ "ޞުލްޙައާއި ތަނަވަސްކަމަށްޓަކައި އެއްބައިވަންތަކަން: ބައިނަލްއަޤްވާމީ ޤާނޫނުތައް ހަރުދަނާކުރުމާއި ޞުލްޙަވެރިކަމާއެކު މައްސަލަތައް ހައްލުކުރުން" މި މަޢުޟޫއަށް, ކެމްބޯޑިއާގެ ނޮމް ޕެންގައި މިހާރު ކުރިއަށްދާ 2 ވަނަ އިންޓަރ-ޕާލަމެންޓަރީ ސްޕީކަރސް ކޮންފަރެންސްގައި ތަގުރީރު ކުރައްވަމުންނެވެ.

ކެމްބޯޑިއާއިން ދާޚިލީ ހަނގުރާމައަށްފަހު ޞުލްޙަ ޤާއިމުކުރުމުގައި ހޯދި ކާމިޔާބީއަށް އަލިއަޅުއްވާލައްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، ކިތަންމެ ބޮޑު ޚިޔާލުތަފާތުވުންތަކެއް ހުރި ނަމަވެސް، ވަރުގަދަ ލީޑަރޝިޕަކާއި ޢަޒުމަކާއި ޞުލްޙަވުމުގެ ރޫހެއް އޮވެއްޖެނަމަ އެކަންކަމުން އަރައިގަނެވޭނެކަން ކެމްބޯޑިއާގެ ތަޖުރިބާއިން ހާމަވާ ކަމަށެވެ. އަދި ޔުނައިޓެޑް ނޭޝަންސް ޗާޓަރާއި ބައިނަލްއަޤްވާމީ ޤާނޫނުތަކަކީ ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ މިނިވަންކަމާއި ސިޔާދަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކޮންމެހެން ބޭނުންތެރި އަސާސްތަކެއްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ޞުލްޙަ ޤާއިމުކުރުމުގައި ޤާނޫނު ހަދާ މަޖިލިސްތަކުގެ ދައުރާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން، ޕާލިމެންޓަރީ ޑިޕްލޮމަސީގެ ސަބަބުން ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިވެ މަޝްވަރާ ކުރުމަށް ފުރުޞަތު ފަހިވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، "ހަމަނުޖެހުމާއި އަނިޔާވެރިކަމުގެ ބަދަލުގައި، އަބަދުވެސް އިސްކަންދޭންވާނީ މަޝްވަރާއާއި އެއްބާރުލުން ދިނުމަށް" ކަމަށެވެ. މީގެއިތުރުން، އިންޑިއާ ކަނޑަކީ ވިޔަފާރިއާއި މަސްވެރިކަމާއި ފަތުރުވެރިކަމުގެ މައި ނާރުކަމަށް ވުމާއެކު، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ބައިނަލްއަޤްވާމީ ބައިވެރިންނާއެކު ރާއްޖެ ދެމިއޮންނާނެ ކަމަށް ވިދާޅުވިއެވެ.

ތިމާވެށީގެ ރައްކާތެރިކަމާއި ޞުލްޙަ މަސަލަސްކަމާ ހުރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، މޫސުމީ ބަދަލުތަކުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށާއި ޤައުމުގެ ސަލާމަތަށް ނުރައްކާވެ، ހަމަނުޖެހުންތަކަށް މަގުފަހިވެދާނެކަން މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ. އަދި ތަރައްޤީއަކީ އެންމެންގެ ބައިވެރިވުން ހިމެނޭ، ފެންވަރު ރަނގަޅު ތަޢުލީމާއި ޒުވާނުން ބާރުވެރިކުރުވުން އެކުލެވޭ ކަމަކަށް ވާންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ލާއިންސާނީ އަނިޔާތަކާމެދު ކަންބޮޑުވުން ފާޅުކުރައްވަމުން، ހުރިހާ ފަރާތްތަކަކުން ވެސް މަޝްވަރާގެ މަގު އިޚްތިޔާރުކޮށް، ވަގުތުން ހަނގުރާމަ ހުއްޓާލުމަށް މަޖިލީހުގެ ރައީސް ވަނީ ގޮވާލައްވާފައެވެ. އަދި ވާހަކަފުޅު ނިންމަވާލައްވަމުން، ބައިބައިވުމުގެ ބަދަލުގައި މަޝްވަރާކުރުމަށާއި، ބާރުގެ ބަދަލުގައި ހަރުދަނާ ޤާނޫނުތައް ހެދުމަށާއި، ދެކޮޅުވެރިކަމުގެ ބަދަލުގައި އެއްބާރުލުން އިސްކޮށް، އެންމެންގެ ކުރިއެރުން ހިމެނޭ މުސްތަޤުބަލެއް ބިނާކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450