ދީން / ޚަބަރު

މައިންބަފައިންނަށް ހެޔޮކޮށްހިތުމަކީ ބާއްޖަވެރިކަމުގެ ތަޅުދަނޑި: ހުކުރު ޚުޠުބާ

މައިންބަފައިންނަށް ހެޔޮކޮށްހިތުމަކީ ބާއްޖަވެރިކަމުގެ ތަޅުދަނޑި: ހުކުރު ޚުޠުބާ

މައިންބަފައިންނަށް ހެޔޮކޮށްހިތުމަކީ ބާއްޖަވެރިކަމުގެ ތަޅުދަނޑި

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 އޯގަސްޓު 2026، 01:15

28 އޯގަސްޓު 2026، 01:15

މައިންބަފައިންނަށް ހެޔޮކޮށްހިތުމަކީ އިންސާނާގެ ޢުމުރުގައި މާތް ﷲ ބަރަކާތްލައްވާނޭ ކަމެއް ކަމަށާއި، އެއީ ބާއްޖަވެރިކަމުގެ ތަޅުދަނޑި އަދި ސުވަރުގެއަށް ވަނުމުގެ ދޮރެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، ކީރިތި ޤުރްއާނުގައި އެތައް މަޤާމެއްގައި މައިންބަފައިންނަށް އިޙުސާންތެރިވުމަށް އަމުރުކުރައްވާފައިވާއިރު، މަންމައާއި ބައްޕަގެ ރުހުން ލިބިއްޖެނަމަ އެތައް މުޞީބާތަކުން މާތް ﷲ އެމީހަކު ސަލާމަތްކުރައްވާނެއެވެ.

މުޖުތަމަޢުގައި ހިނގާ ނޭދެވޭ ކަންކަމުގެ ތެރޭގައި މައިންބަފައިން މުސްކުޅިވާ ދުވަހު އެމީހުންނަށް އަޅައިނުލައި، ހޮސްޕިޓަލުތަކާއި މަރުކަޒުތަކުގައި އެކަނިވެރި ޙާލުގައި ދޫކޮށްލާފައިވާ މައްސަލަ ޚުޠުބާގައި ވަނީ ފާހަގަކުރައްވާފައެވެ. މީގެއިތުރުން މިސްކިތުގެ ޙުރުމަތް ކަނޑައި، ނަމާދުން ފައިބައިގެން ޣީބަބުނުމާއި ދޮގުވާހަކަ ފެތުރުން ފަދަ ކަންކަމުން ދުރުހެލިވުމަށް ގޮވާލައްވަމުން، ކީރިތި ރަސޫލާގެ ޙަދީޘްފުޅެއް ގެންނަވާފައިވެއެވެ. އެ ޙަދީޘްފުޅުގައި ވަނީ "ތިޔަބައިމީހުން އެކަކު އަނެކަކަށް ޙަސަދަވެރިނުވާށެވެ! އެކަކު އަނެކަކު ދެކެ ރުޅިނާންނާށެވެ! އެކަކު އަނެކަކަށް ފުރަގަސްނުދޭށެވެ! ﷲގެ އަޅުންގެ ގޮތުގައި، އަޚުންތަކެއްކަމުގައި ތިޔަބައިމީހުން ވާށެވެ!" މިފަދައިންނެވެ.

ޚުޠުބާގައި އިތުރަށް ބަޔާންކުރެއްވި ގޮތުގައި ވިޔަފާރީގައި ތެދުވެރިވުމަކީ ދަރުމަ ބޮޑު އަޅުކަމެކެވެ. ނަމަވެސް ވިޔަފާރީގައި މަކަރާއި ޙީލަތްހެދުމާއި، ޒަކާތް ނުދައްކައި މުދާ އިސްރާފުކުރުމަކީ ބަރަކާތް ކެނޑިގެންދާނެ ކަންކަމެވެ. ހަމައެއާއެކު، ބަންގީގެ އަޑު އިވުމުންވެސް ފިހާރަތަކާއި ހޮޓާތައް ހުޅުވައިގެން ޚިދުމަތްދިނުމާއި، ނަމާދު އަޅައި ދުންޔަވީ ކަންކަމުގައި މަޝްޣޫލުވުމުގެ ނުރައްކާތެރިކަން ފާހަގަކުރައްވައި، ޙަރާމް އެއްޗަކުން ބޮޑުވާ ހަށިގަނޑަކީ ނަރަކަ ވާޖިބުވެގެންވާ ހަށިގަނޑެއް ކަމަށް ވިދާޅުވިއެވެ.

ކުޑަކުދިންގެ ހިޔާތަކުގައި ދިރިއުޅޭ ޔަތީމު އަދި އަޅައިލުން ބޭނުންވާ ކުދިންނާއި، ލޭ އަޅާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތަނަވަސްކަމުގެ އަހުލުވެރިންނަށް ޚުޠުބާގައި ވަނީ ގޮވާލައްވާފައެވެ. އެފަދަ ކުދިންނަށް އަޅައިލުމަކީ "އިންސާނިއްޔަތަށްޓަކައި ކުރެވޭ ވަރަށް މަތިވެރި ޚިދުމަތެއް އަދި އަޅުކަމެއް" ކަމުގައި ފާހަގަކުރައްވައި، މިކަން ހަނދާނުގައި ބެހެއްޓުމަށް އިލްތިމާސްކުރެއްވިއެވެ. އަދި މުޖުތަމަޢު ފަސާދައިން ރައްކާތެރިކޮށް ދެމެހެއްޓުމަކީ އެންމެހައި ފަރުދުންގެ މައްޗަށް އޮތް ވަރަށް މަތިވެރި ވާޖިބެއް ކަމުގައި ވެސް ބަޔާންކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450