Ads by Farudhun

ޚަބަރު

ބޯހިޔާވަހިކަމަށް މާލީ އެހީދޭ އިތުރު ޕްރޮގްރާމެއް ނޮވެމްބަރު މަހު ހުޅުވާލަނީ

ބޯހިޔާވަހިކަމަށް މާލީ އެހީދޭ އިތުރު ޕްރޮގްރާމެއް ނޮވެމްބަރު މަހު ހުޅުވާލަނީ

ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ގޯތިތައް ހަވާލުކުރުން. ފޮޓޯ: ހައުސިންގ މިނިސްޓްރީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 އޯގަސްޓު 2026، 07:19

28 އޯގަސްޓު 2026، 07:19

ގެދޮރު އެޅުމާއި ގެދޮރު ގަންނަން މާލީގޮތުން ދަތިވާ މީހުންނަށް އެހީތެރިވުމަށްޓަކައި، މާލީ އެހީ ދިނުމުގެ އިތުރު ޕްރޮގްރާމަކަށް ހުޅުވާލުމަށް ތައްޔާރުވަމުންދާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

ދައުލަތުގެ މީޑީއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު އަޙުމަދު ނާޒީމް މުޙައްމަދު ވިދާޅުވީ، ރާއްޖޭގައި ގެދޮރުބިނާކުރުމަށް ލޯނު ނެގުމަށް ޝަރުތު ހަމަނުވާތީ، ގެދޮރު ބިނާ ނުކުރެވި އެތައް ބަޔަކު އެބަތިބި ކަމަށެވެ.

 މިކަމަށް އޮތް ހުރަސްތައް ނައްތާލުމަށް ސަރުކާރުން އެންމެ ފުރަތަމަ ހުޅުވާލި ހިޔާވެހި ސްކީމަށްވެސް ގިނަ ބަޔަކު އެދިފައިވާއިރު، އެ ސްކީމުގެ ދަށުން ސަރުކާރުން ވަނީ 1.1 ބިލިޔަން ރުފިޔާ ދޫކުރަން ނިންމާފައެވެ.

ނާޒިމް އިތުރަށް ވިދާޅުވީ، ގެދޮރު ބިނާކުރުމަށް އެހީވުމަށް ބޭންކްތަކާ ގުޅިގެން އިތުރު 2 ފައިނޭންސިން ޕްރޮގްރާމަކަށް ހުޅުވާލުމަށް ތައްޔާރުވަމުންދާ ކަމަށެވެ. މި ސްކީމުގައި ސަރުކާރުން އެހީތެރިކަން ދޭނީ އަމިއްލަ ބިން އޮވެ ގެދޮރު އެޅުމަށް ދަތިވެފައިވާ މީހުން ބޭންކުތަކުން ލޯނަށް އެދޭއިރު، އެންމެ މުހިންމު ޝަރުތެއްގެ ގޮތުގައި ހިމެނޭ އިކުއިޓީގެ ފައިސާ ދެއްކުމުގައެވެ.

 "ސަރުކާރުން އިކުއިޓީއަށްވާ ފައިސާ ދޫކޮށްގެން ބޭންކުން ފައިސާ ލިބޭނެ އިންތިޒާމް މި ހަމަޖައްސަދެނީ. 2 ލައްކަ ރުފިޔާ އިކުއިޓިގެ ގޮތުގައި ދީގެން 1 މިލިޔަން ރުފިޔާއާ ހަމައަށް ލޯނު ލިބޭ ސްކީމެއް މިއީ. ސްކީމް 2 މަސްތެރޭ އިފްތިތާހުކުރުމަށް މަސައްކަތްކުރަނީ،" ނާޒިމް ވިދާޅުވިއެވެ.

މީގެއިތުރުން ރަށްރަށުގައި ހިންގާ ފްލެޓް މަޝްރޫޢުތަކުން ނުވަތަ ހައުސިން ޔުނިޓެއް ގަންނަން އިކުއިޓީ ނެތް ފަރާތްތަކަށްވެސް 2.5 ލައްކަ ރުފިޔާ އިކުއިޓީގެ ގޮތުގައި ދޫކުރާނެ ކަމަށާއި، މި މާލީ އެހީ ދޫކުރުމަށްޓަކައި 4 ބޭންކަކާއެކު އެމްއޯޔޫގައި ސޮއިކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ. ސަރުކާރުގެ އަމާޒަކީ އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި މި ސްކީމަށް ހުޅުވާލުމެވެ.

ހަމައެއާއެކު، ސަރުކާރުން ކުރިއަށްގެންދާ "އެފޯޑަބަލް ހޯމް އޯނަޝިޕް މޮޑެލް" ގެ ސްކީމުން ފްލެޓް ގަންނަ މީހުންނަށްވެސް، ސޯޝަލް ހައުސިން ސްކީމަށް ނުވަދެ އެ ތަންތަން ގަނެވޭނެ ގޮތަށް މާލީ އެހީ ދޭނެ ސްކީމެއް އިފްތިތާޙުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ހުޅުމާލެ ފޭސް 3 ގައި މިހާރު ކުރިއަށްގެންދާ 1000 ހައުސިން ޔުނިޓާއި، އަތޮޅުތަކުގައި ހިންގަން ހަމަޖެހިފައިވާ ސްކީމްތަކަށްވެސް ކުރިމަތިލެވޭނެ ފުރުސަތެކެވެ.

މިގޮތުން އައްޑޫ ސިޓީގައި 550 ޔުނިޓްގެ ޕްރޮޖެކްޓަކާއި ފުވަމުލަކުގައި ޕްރޮޖެކްޓެއް ގެންދިއުމަށް ޕްރައިވެޓް ސެކްޓަރާއެކު މަސައްކަތް ކުރަމުންދާކަން ވުޒާރާއިން ފާހަގަކުރެއެވެ. ބިން އޮވެ ގެދޮރުއެޅުމަށް ދަތިވެފައިވާ ފަރާތްތަކަށް މާލީ އެހީ ފޯރުކޮށްދީ ގެދޮރުވެރިކުރުވުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450