Ads by Farudhun

ޚަބަރު

މިފްކޯއިން މިއަދު ކަޅުބިލަމަސް ކިލޯއެއް ގަންނަ ރޭޓު 21 އަށް

މިފްކޯއިން މިއަދު ކަޅުބިލަމަސް ކިލޯއެއް ގަންނަ ރޭޓު 21 އަށް

މަސްވެރިކަން--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

29 އޯގަސްޓު 2026، 11:55

29 އޯގަސްޓު 2026، 11:55

ދައުލަތުގެ މަސް ކުންފުނި ކަމަށްވާ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ކަޅުބިލަމަހުގެ ކިލޯއެއް ގަންނަ އަގު 21 ރުފިޔާއަށް މިއަދުން ފެށިގެން ބޮޑުކޮށްފިއެވެ.

މިފްކޯއިން ވިދާޅުވީ މިއަދުން ފެށިގެން އެ ކުންފުނީގެ އެކި  ފެސިލިޓީތަކުންނާއި މަސްކިރާ ބޯޓުފަހަރުން  މަސް ގަންނަމުންދާނީ މި އަގުގައެވެ.

އެގޮތުން މިއަދު ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް، ފެލިވަރު ބަނދަރު، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް، ގދ. ތިނަދޫ، ލ. މާމެންދޫގެ އިތުރުން މާލޭ ބަނދަރުންނާއި ރ. މަޑުއްވަރި ބަނދަރުން ކަޅުބިލަމަސް ކިލޯއެއް ގަންނަމުންދާނީ 21.00 ރުފިޔާގެ ރޭޓުންނެވެ.

މިފްކޯއިން މަސް ގަންނަ އަގަށް އެންމެ ފަހުން ބަދަލު ގެނެސްފައިވަނީ 14 ޖޫން 2026 ގައެވެ. މި ބަދަލާއެކު، މަސް ކިލޯއެއްގެ އަގު 18 ރުފިޔާއިން 20 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ. މިއީ ދުނިޔޭގެ ބާޒާރުގެ އަގުތަކާ އެއްހަމަކޮށް، މަސްވެރިންނަށް އެކަށީގެންވާ އާމްދަނީއެއް ކަށަވަރުކޮށްދިނުމަށް ސަރުކާރުން ވެފައިވާ ވަޢުދު ފުއްދުމުގެ ގޮތުން ނިންމާފައިވާ ނިންމުމެކެވެ.

މަސް ގަންނަ އަގަށް ގެނެވުނު 1.00 ރުފިޔާގ އިތުރުވުމާއެކު، ކު، މަސް ކިލޯއެއްގެ އަގު 21.00 ރުފިޔާއަށް ބޮޑުކުރަން ނިންމާފައިވަނީ މި ދުވަސްވަރުގެ މަސްވެރިކަމުގެ ޙާލަތަށާއި މަސް ބާނާ މިންވަރަށް ރިޢާޔަތްކުރުމަށްފަހުގައެވެ. މި ބަދަލުގެ މައިގަނޑު މަޤްޞަދަކީ އަމިއްލަ ކުންފުނިތަކާއި އެއްހަމައެއްގައި މިފްކޯގެ އަގުތައް ހިފެހެއްޓުމާއި، ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގެ މަސްވެރި އުޅަނދުފަހަރަށް ސީދާ މާލީ މަންފާ ކަށަވަރުކޮށްދިނުމެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ގެންދަވަނީ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކުރައްވައި، މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލުއިފަސޭހަ މަގުތަކެއް ހޯއްދަވައިދެއްވުމަށް މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. މިގޮތުން، މަސްވެރިން ކިރާ މަހަށް ވީ އެންމެ އަވަހަކަށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދީ، މިހާރު 48 ގަޑިއިރު ހަމަވުމުގެ ކުރިން ފައިސާ ދޫކުރެވެމުންދެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450