ދުނިޔެ
އިސްރާއީލުން ލުބުނާނުގެ ދެކުނުގެ އަވަށްތަކަށް ޑްރޯން ހަމަލާތަކެއް ދީފި
ލުބުނާނުގެ ދެކުނުގެ އަވަށްތަކަށް ޑްރޯން ހަމަލާތައް - ފޮޓޯ: އަލްޖަޒީރާ
އިސްރާއީލުގެ އަސްކަރިއްޔާއިން ލުބުނާނުގެ ދެކުނުގައިވާ އަވަށެއް ކަމަށްވާ ނަބާތިއާ އަލް-ފައުޤާއަށް ޑްރޯން ހަމަލާއެއް ދީފިއެވެ.
ލުބުނާނުގެ ރަސްމީ ނިއުސް އެޖެންސީ (އެންއެންއޭ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ މި ޑްރޯން ހަމަލާ އަމާޒުވެފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. މި ހަމަލާގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ތަފްސީލު އަދި މީޑިއާތަކަށް ހާމަކޮށްފައެއް ނުވެއެވެ.
މި ހަމަލާ ދީފައިވަނީ، ލުބުނާނުގެ ދެކުނުގެ އެހެން އަވަށެއް ކަމަށްވާ އައިތާ އަލް-ޖަބަލްގެ ބޭރު ސަރަހައްދުތަކަށް އިސްރާއީލުން ބޮމުގެ ދެ ހަމަލާއެއް ދިންތާ ކުޑައިރުކޮޅެއް ފަހުންނެވެ.
ފަހަކަށް އައިސް އިސްރާއީލުން ގެންދަނީ ލުބުނާނުގެ ސިޔާދަތަށް އަރައިގަނެ، އެ ގައުމުގެ ދެކުނުގެ އެކި ސަރަހައްދުތަކަށް ވައިގެ މަގުންނާއި ޑްރޯން ބޭނުންކޮށްގެން ދޭ ހަމަލާތައް ވަރަށް ބޮޑަށް އިތުރުކުރަމުންނެވެ. މީގެ ސަބަބުން އެ ސަރަހައްދުގެ މަސްރަހު އިތުރަށް ގޯސްވެ، ހަނގުރާމަ ފުޅާވެދާނެ ކަމުގެ ބިރުވެރިކަން ވަނީ ބޮޑުވެފައެވެ.