Ads by Farudhun

ޚަބަރު

ސިޔާސީ ޕާޓީތަކަކީ ޒިންމާދާރުކަމާއެކީ ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތް ކުރަންޖެހޭ ޕާޓީތަކެއް: ވަޒީރު ހީނާ

ސިޔާސީ ޕާޓީތަކަކީ ޒިންމާދާރުކަމާއެކީ ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތް ކުރަންޖެހޭ ޕާޓީތަކެއް: ވަޒީރު ހީނާ

ވަޒީރު ހީނާ--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

29 އޯގަސްޓު 2026، 01:04

29 އޯގަސްޓު 2026، 01:04

ސިޔާސީ ޕާޓީތަކަކީ ޒިންމާދާރުކަމާއެކީ ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތް ކުރަންޖެހޭ ޕާޓީތަކެއް ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. 

ވަޒީރު ހީނާ މިފަދައިން ވިދާޅުވީ، އަންނަ ސެޕްޓެންބަރު މަހުގައި ބާއްވާ ޕީއެންސީގެ ކޮންގްރެސްއަށް އެ ޕާޓީން ވަމުންދާ ތައްޔާރީތަކާ ގުޅޭ މައުލޫމާތު ގެނެސްދިނުމަށް އެމްއެމްޓީވީން ކުރިއަށްގެންދާ "ޕީއެންސީ ކޮންގްރެސް ފޯރި" ޕްރޮގުރާމުގައި ވާހަކަދައްކަފުޅުދައްކަވަމުންނެވެ.

މި ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވަނީ ސިޔާސީ ޕާޓީތައް އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ. އަދި ވެރިކަމުގައި އޮންނަ ޕާޓީއެއްގެ ޒިމާދާރުކަން ވަރަށް ބޮޑުވާނެ ކަމަށާއި، އެ ޕާޓީއިން ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތް ކުރަންޖެހޭނެ ޕާޓީއެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

އަދި ޕީއެންސީގެ ފިކުރަކީ ބިނާކުރަނިވި ފިކުރެއްކަން ފާހަގަކުރައްވާ ވަޒީރު ވަނީ، ޤައުމުގެ ތަރައްޤީއާއި، ހަމަޖެހުމާއި މަސްލަހަތު މި ފިކުރުން އިސްކުރައްވާ ކަމަށް ވިދާޅުވެފައެވެ. 

ސިޔާސީ ޕާޓީތައް އެކުލެވިގެންވާ މުޖުތަމައެއް އަޅުގަނޑުމެންގެ ތެރޭގައި އޮތްކަމުގައި ވިޔަސް، އެ ސިޔާސީ ޕާޓީތަކަކީ އަޅުގަނޑު ދެކޭ ގޮތުގައި ޒިންމާދާރުކަމާއެކީ، ރައްޔިތުންގެ ލާބައާއި މަންފާއަށް ޓަކައި މަސައްކަތްކުރަންޖެހޭނެ ޕާޓީތަކެއް

ވަޒީރު ވިދާޅުވިއެވެ.

އެގޮތުން ވަޒީރު ވަނީ ޕީއެންސީއަކީ ވަރަށް ޒިންމާދާރުކަމާއެކީ، ރައްޔިތުންގެ ހައްޤުގައި މަސައްކަތްކުރާ ޕާޓީއެއްކަން ފާހަގަކުރައްވާފައެވެ. އަދި ރައްޔިތުންގެ މަސްލަހަތު އިސްކޮށް، އިސްލާމްދިނާއި، ކާބަފައިން ގެނެސްދެއްވި އަސާސްތަކުގެ ދަށުން އެ ޕާޓިއިން މަސައްކަތްތައް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމުގައި ހުންނެވީ ރައްޔަތުންގެ ތާޢީދު ފީއެންސީގެ ފިކުރަށް އޮތުމުން ކަމަށާއި، މި ޕާޓީއަކީ ނަމޫނާ ޕާޓީއެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. 

މީގެ އިތުރުން ވަޒީރު ވަނީ، ކުރިއަށް އޮތް ކޮންގްރެސްއަށްފަހު، ޕީއެންސީ ވެގެންދާނީ ރާއްޖޭގައި އޮތް އެންމެ ފުރިހަމަ، އެންމެ ބޮޑު ޕާޓީއަށް ކަމަށް ވިދާޅުވެފައެވެ.


Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450