Ads by Farudhun

ޚަބަރު

ޕީއެންސީ ކޮންގްރެސްގައި 13،000 މީހުން ބައިވެރިވާނެ: ވަޒީރު ހީނާ

ޕީއެންސީ ކޮންގްރެސްގައި 13،000 މީހުން ބައިވެރިވާނެ: ވަޒީރު ހީނާ

ވަޒީރު ހީނާ ވަލީދު---

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

29 އޯގަސްޓު 2026، 01:05

29 އޯގަސްޓު 2026، 01:05

ޕީއެންސީއިން އަންނަ  ސެޕްޓެންބަރު މަހުގައި ބާއްވާ ކޮންގްރެސްގައި ތޭރަ ހާސް މީހުން ބައިވެރިވާނެ ކަމަށް ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. 

ވަޒީރު މިފަދައިން ވިދާޅުވީ، ޕީއެންސީގެ ކޮންގްރެސްއަށް އެ ޕާޓީން ވަމުންދާ ތައްޔާރީތަކާ ގުޅޭ މައުލޫމާތު ގެނެސްދިނުމަށް އެމްއެމްޓީވީން ކުރިއަށްގެންދާ "ޕީއެންސީ ކޮންގްރެސް ފޯރި" ޕްރޮގުރާމުގައި  ވާހަކަދައްކަފުޅުދައްކަވަމުންނެވެ.

މި ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން، ކޮންގްރެސްގެ ތައްޔާރީތައް އެކި ބައިބަޔަށް ބަހާލައިގެން ކުރިއަށްގެންދާ ކަމަށާއި، ކޮންމެ ކަމަކަށް ވެސް ހާއްސަ ސަމާލުކަމެއްދީގެން ޓީމުތަކުން މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

"މި ކޮންގްރެސްއަށް އިރާދަކުރެއްވިއްޔާ 13،000 އެއްހާ މީހުން އަޅުގަނޑު ޤަބޫލުކުރަނީ އަންނާނެ ކަމަށް"

ވަޒީރު ވިދާޅުވިއެވެ.

އޭގެ ތެރޭގައި ޕާޓީގެ އަސާސީ ޤަވާއިދުގައި ހިމެނިފައިނާ ގުނަވަންތަކާއި، ކޮންސްރެސްގައި ބައިވެރިވެ ވޯޓު ދިނުމަށް ހަމަޖެހިފައިވާ މެންބަރުން ހިމެނޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ސްޓިއަރިންގ ކޮމިޓީތަކުގެ ރައީސުންނާއި، ޒުވާނުންގެ ކޮމިޓީތަކާއި، އަންހެނުންގެ ކޮމިޓީތަކުގެ ރައީސުންނާއި، ކައުންސިލުތަކުގައި ތިއްބެވި ރައީސުންގެ ތެރެއިން ޕީއެންސީގެ މެންބަރުން އޭގެ ތެރޭގައި ހިމެނޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިހާރު ކުރިއަށްދަނީ އެބޭފުޅުންނަށް ދައުވަތުތައް ފޮނުވުމުގެ މަސައްކަތްތަކާއި، ކޮންގްރެސްގައި ވޯޓުލުމަށް ބޭނުންވާ ރެޖިސްޓްރޭޝަނަށް ހުޅުވާލުމުގެ މަސައްކަތްތައް ކަމަށް ވަޒީރު ހީނާ ވިދާޅުވިއެވެ. 

މިހުރިހާ ކަމެއްގައި ވެސް ވަރަށް ގިނަ އިދާރީ މަސައްކަތްތައް ހިމެނޭ ކަމަށާއި، މަސައްކަތް ކުރައްވަނީ، ރަށްރަށުން ވަޑައިގަންނަވާ މަންދޫބުންނާއި، ކޮންގްރެސްގައި ބައިވެރިވާ ފަރާތްތަކަށް ވީހާވެސް ފަސޭހަ އިންތިޒާމެއް ހަމަޖައްސަވައިދެއްވުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި ކޮންގްރެސްގެ ބައިވެރިންނަށް މަރުހަބާ ދެންނެވުމަށް ޓަކައި ވާންޖެހޭ އެންމެ ފުރިހަމަ ތައްޔާރީތައް ވަމުންދާކަމަށާއި، މިއީ ރާއްޖޭގައި މިހާތަނަށް ބޭއްވިގެންދާ އެންމެ ފުރިހަމަ އަދި އެންމެ ބޮޑު ކޮންގްރެސްއަށް ހެދުމަކީ އަމާޒެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450