Ads by Farudhun

ޚަބަރު

ހުޅުމާލެ ހޮސްޕިޓަލަށް 15 ނަރުހުން ހޯދަން އިއުލާނުކޮށްފި

ހުޅުމާލެ ހޮސްޕިޓަލަށް 15 ނަރުހުން ހޯދަން އިއުލާނުކޮށްފި

ހުޅުމާލެ ހޮސްޕިޓަލް - ފޮޓޯ: ޕީއެސްއެމް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

29 އޯގަސްޓު 2026، 02:21

29 އޯގަސްޓު 2026، 02:21

ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، އެ ހޮސްޕިޓަލުގެ ދާއިމީ ވަޒީފާއަށް 15 ނަރުހުން ހޯދުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

ސަރުކާރުގެ ގެޒެޓުގައި އެ ހޮސްޕިޓަލުން ޝާއިއުކޮށްފައިވާ އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ވަޒީފާތަކަށް ކުރިމަތިލެވޭނީ މޯލްޑިވްސް ނާސިން އެންޑް މިޑްވައިފްރީ ކައުންސިލްގައި ރަޖިސްޓްރީވެ، ޕްރެކްޓިސް ކުރުމުގެ ސައްހަ (އަދާހަމަ) ލައިސަންސް އޮތް ފަރާތްތަކަށެވެ.

މި އިއުލާނުގައިވާ ގޮތުން ނަރުހުން ބޭނުންވަނީ ދެ ރޭންކަކުންނެވެ. އެއީ ޕީ.އެސް 5 އަދި ޕީ.އެސް 7 ގެ ރެޖިސްޓާޑް ނަރުހުންގެ ގޮތުގައެވެ. މި ދެ ރޭންކުގެ މުސާރައާއި އިނާޔަތްތަކުގެ ތަފްސީލަށް ބަލާލާއިރު:

  • ޕީ.އެސް 5 ގެ ރެޖިސްޓާޑް ނާސް: އަސާސީ މުސާރައިގެ ގޮތުގައި މަހަކު 11،428 ރުފިޔާ، މަގާމުގެ އެލަވަންސްގެ ގޮތުގައި 5،333 ރުފިޔާ އަދި ހާޒިރީ އިނާޔަތުގެ ގޮތުގައި މަހަކު 144 ރުފިޔާ.
  • ޕީ.އެސް 7 ގެ ރެޖިސްޓާޑް ނާސް: އަސާސީ މުސާރައިގެ ގޮތުގައި މަހަކު 13،057 ރުފިޔާ، މަގާމުގެ އެލަވަންސްގެ ގޮތުގައި 6،094 ރުފިޔާ އަދި ހާޒިރީ އިނާޔަތުގެ ގޮތުގައި މަހަކު 165 ރުފިޔާ.

ހުޅުމާލެ ހޮސްޕިޓަލުން ހާމަކުރި ގޮތުގައި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނީ ތައުލީމީ ފެންވަރަށާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި އެންމެ މަތިން މާކްސް ހޯދާ ފަރާތްތަކަށް އިސްކަންދީގެންނެވެ.

މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ލިޔެކިޔުންތައް ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ އަންނަ އަންގާރަ ދުވަހުގެ މެންދުރުފަސް 13:30 އެވެ. ލިޔުންތައް ހުށަހަޅަންޖެހެނީ ހުޅުމާލެ ހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގްގެ 4 ވަނަ ފަންގިފިލާއަށެވެ. އަދި އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޮނުވަން ބޭނުންވާ ފަރާތްތަކުން [email protected] އަށް ލިޔުންތައް ފޮނުވުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450