Ads by Farudhun

ޚަބަރު

މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ރާއްޖޭގެ ތަޖުރިބާތައް ބައިނަލްއަޤްވާމީ ފޯރަމެއްގައި ހިއްސާކޮށްފި

މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ރާއްޖޭގެ ތަޖުރިބާތައް ބައިނަލްއަޤްވާމީ ފޯރަމެއްގައި ހިއްސާކޮށްފި

ޖަރުމަނުވިލާތުގައި ބޭއްވުނު އިވެންޓު. ފޮޓޯ: ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

29 އޯގަސްޓު 2026، 03:43

29 އޯގަސްޓު 2026، 03:43

ޖަރުމަނުވިލާތުގެ  ސިޓީގައި ބޭއްވުނު ބައިނަލްއަޤްވާމީ ބައްދަލުވުމެއްގައި، މޫސުމާއި ކަނޑުތަކުގެ ދާއިރާއިން ރާއްޖެ ހޯދާފައިވާ ތަޖުރިބާތަކުގެ އިތުރުން، ބައިނަލްއަޤްވާމީ ބައިވެރިވުންތަކާއި މާލީ އެހީތެރިކަން ހޯދުމަށް ރާއްޖެއިން ކުރިއަށްގެންދިޔަ މަސައްކަތްތަކުގެ މަޢުލޫމާތު  ހިއްސާކޮށްފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. 

މި މަޢުލޫމާތުތަކާއި ތަޖުރިބާތައް ހާމަކުރައްވާފައިވަނީ ސްލައިކަން ޓްރަސްޓް (Slycan Trust) އަދި މެރިޓައިމް ރިސާޗް އެލަޔަންސް ގުޅިގެން "އެވިޑެންސް-ބޭސްޑް ޕޮލިސީމޭކިންގ: ދަ ރޯލް އޮފް ރިސާޗް އިން މަލްޓިލެޓަރަލް ނެގޯޝިއޭޝަންސް އޮން ކްލައިމެޓް، އޯޝަންސް، އެންޑް ސެކިއުރިޓީ" މި މަޢުޟޫޢަށް ބޭއްވި ޚާއްޞަ އިވެންޓުގައެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑިރެކްޓަރ ޢާއިޝަތު އައިލީން ނިޔާޒް ވަނީ، މޫސުމާއި ކަނޑުތަކާ ގުޅުންހުރި މަޝްރޫޢުތައް (އޯޝަން-ކްލައިމެޓް ނެކްސަސް) ކުރިއަށްގެންދިއުމަށް ބޭނުންވާ ފައިސާ ހޯދުމުގައާއި ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކުރުމުގައި ރާއްޖެއިން ހާސިލުކޮށްފައިވާ ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.



ހަމައެއާއެކު، އިންޑިއާ ކަނޑުގެ ސަރަޙައްދުގައި މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން ދައްކުވައިދޭ އިސްނެގުމާއި ލީޑަރޝިޕްގެ ދައުރަށް ވެސް އައިލީން ވަނީ އަލިއަޅުއްވާލައްވާފައި ކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މި ބައްދަލުވުމަކީ މޫސުމީ ކަންކަމާއި ކަނޑުތަކުގެ އަމާންކަމާ ބެހޭގޮތުން ބައިނަލްއަޤްވާމީ މައިދާނުގައި ހިންގޭ މަޝްވަރާތަކުގައި ސައިންޓިފިކް ދިރާސާތަކަށް ރިޢާޔަތްކޮށް ސިޔާސަތުތައް އެކަށައެޅުމުގެ މުހިންމުކަމާ މެދު ޚިޔާލު ބަދަލުކުރުމަށް އިންތިޒާމުކުރެވުނު މުހިންމު އިވެންޓެއް ކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. 

މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވާ އެއް ޤައުމަކީ ދިވެހިރާއްޖެ ކަމަށްވާއިރު، މިފަދަ ފޯރަމްތަކުގައި ރާއްޖޭގެ ކަންބޮޑުވުންތައް ހުށަހެޅުމަކީ ދުނިޔޭގެ އެހީތެރިކަން ލިބިގަތުމަށް ލިބޭ ވަރަށް ބޭނުންތެރި ފުރުޞަތެއް ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450