Ads by Farudhun

ޚަބަރު

ފުލުހެއްގެ ގައިގައި ސައިކަލަކުން ޖައްސައި ފިލަން މަސައްކަތްކުރި މީހަކު ހައްޔަރުކޮށްފި

ފުލުހެއްގެ ގައިގައި ސައިކަލަކުން ޖައްސައި ފިލަން މަސައްކަތްކުރި މީހަކު ހައްޔަރުކޮށްފި

ޓްރެފިކް ފުލުހެއް---

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

29 އޯގަސްޓު 2026، 04:27

29 އޯގަސްޓު 2026، 04:27

މާލޭގައި ޓްރެފިކް ބެލެހެއްޓުމުގެ ޑިއުޓީގައި ހުރި ފުލުސް އޮފިސަރެއްގެ ގައިގައި ސައިކަލަކުން ޖެއްސުމަށްފަހު ފިލަން މަސައްކަތްކުރި މީހަކު ދިވެހި ފުލުހުންގެ ޚިދުމަތުން ހައްޔަރުކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ 2026 އޮގަސްޓް 28 ވަނަ ދުވަހުގެ ހަވީރު 17:34 އެހައިކަންހާއިރު، ޗާންދަނީމަގާއި މަޖީދީމަގު ގުޅޭ ކަންމަތީގައި ކަމަށް ފުލުހުން ވިދާޅުވެއެވެ.

އަދި މި ހާދިސާގައި ޑިއުޓީގައި ހުރި ފުލުސް އޮފިސަރަށް އަނިޔާވެފައިވާ ކަމަށާއި، ނަމަވެސް އެއީ ސީރިއަސް އަނިޔާއެއް ނޫން ކަމަށް ފުލުހުން ވިދާޅުވެއެވެ.



ފުލުސް އޮފިސަރުގެ ގައިގައި ސައިކަލުން ޖެއްސުމަށްފަހު ފިލަން އުޅުނު ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ މާތޮޑާއަވަށް. ހަތި / ގދ.ފަރެސްމާތޮޑާ، ސާއިން ޢަބްދުލްޤައްޔޫމް (23މ) ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. 

މި މައްސަލައިގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ކޯޓުންވަނީ އޭނާ 15 ދުވަހަށް  ބަންދު ކުރުމަށް  އަމުރުކޮށްފައެވެ. އަދި މި މައްސަލައިގައި ހިމެނޭ ސައިކަލު މިހާރު ޓޯވ ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލަ އިތުރަށް ތަހިގީގުކުރަމުން ގެންދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

 

 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450