Ads by Farudhun

ޚަބަރު

ހުޅުމާލެ ފޭސް 2 ގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 9 އަހަރުގެ ކުއްޖަކަށް ސީރިއަސް އަނިޔާތަކެއްވެއްޖެ

ހުޅުމާލެ ފޭސް 2 ގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 9 އަހަރުގެ ކުއްޖަކަށް ސީރިއަސް އަނިޔާތަކެއްވެއްޖެ

ހުސެއިން އާދަމް ބުލްޑިންގް - ފޮޓޯ: ޕީއެސްއެމް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

29 އޯގަސްޓު 2026، 10:57

29 އޯގަސްޓު 2026، 10:57

ހުޅުމާލެ ފޭސް 2 ގެ ވިނަރެސް 7 ކައިރީގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 9 އަހަރުގެ އަންހެން ކުއްޖަކަށް ބޮޑެތި އަނިޔާތަކެއް ލިބި، ކުއްޖާ ހާލަތު ސީރިއަށްވެ ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް 7 ވަނަ ޓަވަރު ކައިރީގައެވެ.  އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 9 އަހަރުގެ ދިވެހި އަންހެން ކުއްޖަކަށެވެ. އެ ކުއްޖާއަށް ލިބުނު އަނިޔާތަކުގެ ސަބަބުން ހާލު ސީރިއަސް ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.

މާލެ ސަރަހައްދުގައި ހިނގާ މިފަދަ ނުރައްކާތެރި އެކްސިޑެންޓްތަކުގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަކަން ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން 2026 ވަނަ އަހަރުގެ މިހާތަނަށް (އޮގަސްޓް މަހުގެ ނިޔަލަށް) މުޅި ރާއްޖޭގައި ގާތްގަނޑަކަށް 2،000 އަށްވުރެ ގިނަ އެކްސިޑެންޓް ވަނީ ފުލުހުންނަށް ރިޕޯޓްކޮށްފައެވެ.

ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ ހަ މަސްދުވަސް  މާލެ ސަރަހައްދުން (މާލެ، ބްރިޖް އަދި ހައިވޭ ހިމެނޭހެން) 1،355 އެކްސިޑެންޓް ރިޕޯޓްކޮށްފައިވެއެވެ. މި މުއްދަތުގެ ތެރޭގައި އެންމެ ގިނައިން އެކްސިޑެންޓް ރިޕޯޓްކޮށްފައިވަނީ ޖެނުއަރީ މަހުގައެވެ. އެއީ ޖުމްލަ 253 އެކްސިޑެންޓެވެ.

މީގެއިތުރުން، މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްތަކުގައި 2 މީހަކު މަރުވެފައިވެއެވެ. އަދި ހަމަ އެ މުއްދަތުގައި ހިނގި އެކްސިޑެންޓްތަކުގައި 1،322 މީހަކަށް އެކިވަރުގެ ކުދި އަނިޔާތައް ލިބިފައިވާއިރު، 31 މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށް ވެސް ރެކޯޑްތަކުން ދައްކައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ހާއްސަކޮށް މާލެ ސަރަހައްދުގައި އެކި ވަރުގެ އެކްސިޑެންޓްތައް ހިނަގމުންދާތީ އެކަނަ ހުއްޓުވުމަށް ފުލުހުން ދަނީ އެކިއެކި މަސައްކަތްތައް ކުރަމުންނެވެ.  އެގޮތުން ބްރިޖަށް އަރާ ސަރަހައްދުގައި ޓްރެފިކް ޕޮލިހުން ހަރަކާތްތެރި ވުމާއި، ބރިޖް އަބަދުވެސް މޮނީޓަރ ކުރުމާއި، މާލެ ސަރަހައްދުގެ އެކި ހިސާބުތަކުގައި ޓްރެފިކް ޕޯސްޓްތައް ޖަހައި ގަވާއިދާ އެއްގޮތަށް ދުއްވާ މީހުން ބަލާ ފާސް ކުރަމުންދެއެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450