Ads by Farudhun

ޚަބަރު

ރައީސް މުޢިއްޒުގެ ލީޑަޝިޕާއެކު ޕީއެންސީގެ ހަރަކާތްތެރިކަމާއި މުރާލިކަން އިތުރުވެއްޖެ: ނައިބު ރައީސް

ރައީސް މުޢިއްޒުގެ ލީޑަޝިޕާއެކު ޕީއެންސީގެ ހަރަކާތްތެރިކަމާއި މުރާލިކަން އިތުރުވެއްޖެ: ނައިބު ރައީސް

ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް - ފޮޓޯ: އެމްއެމްޓީވީ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

29 އޯގަސްޓު 2026، 11:22

29 އޯގަސްޓު 2026، 11:22

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ލީޑަޝިޕާ ހަވާލުވެވަޑައިގަތުމާއެކު، ޕާޓީގެ ހަރަކާތްތެރިކަމާއި މަސައްކަތުގެ މުރާލިކަން ވަރަށް ބޮޑަށް ފެނިގެން ހިނގައްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ، ކޮންގްރެސް ޕާޓީން އަންނަ މަހުގެ 15 އިން 18 އަށް ބޭއްވުމަށް ތައްޔާރުވަމުންދާ އެ ޕާޓީގެ މަތީ މަޖިލީހާ ގުޅޭގޮތުން "އެމްއެމްޓީވީ" ގެ "ކޮންގްރެސް ފޯރި" ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

އެ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފާހަގަކުރެއްވި ގޮތުގައި، ސިޔާސީ ޕާޓީއެއް ދެމިއޮތުމުގެ އެންމެ މުހިންމު އަސާސަކީ ޕާޓީގެ އެތެރޭގެ ޑިމޮކްރެސީ އާއި އިންތިޚާބުތަކަށް ފުރުސަތު ހުޅުވާލުމެވެ. އަދި ރައީސް ޑރ. މުޢިއްޒު ޕާޓީގެ ރައީސްގެ މަގާމާ ހަވާލުވެވަޑައިގެން ފަހިކޮށްދެއްވީ އެ މުހިންމު ފުރުސަތުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ކުރިއަށް އޮތް މަތީ މަޖިލީހަށް ޕާޓީން ވަމުންދާ ތައްޔާރީތަކަށް އަލިއަޅުއްވާލައްވަމުން ނައިބު ރައީސް ވިދާޅުވީ، މި ބައްދަލުވުމަށް ތައްޔާރުވަމުން ދަނީ ރަށު ފެންވަރުގައި ތަމްސީލުކުރާނެ ފަރާތްތައް ދެނެގަނެގެން ކަމަށެވެ. އަދި އެކަމަށްޓަކައި ބޭއްވުނު އެތެރޭގެ އިންތިޚާބުން ވެސް އާންމުންގެ ބޮޑު ތަރުޙީބަކާއި ޝައުގުވެރިކަމެއް ޕާޓީއަށް އޮތްކަން ހާމަވެގެންދިޔަ ކަމަށް ވިދާޅުވިއެވެ.

ޕާޓީގެ މިހާރުގެ އަމާޒަކީ ރައްޔިތުންނަށް އުޖާލާ މުސްތަޤްބަލެއް ހޯދައިދިނުމުގެ މަގްސަދުގައި މަސައްކަތްތައް ކުރިއަށް ގެންދިއުންކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވިދާޅުވީ، ރައީސް ޑރ. މުޢިއްޒު ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވުމަށް ބަހައްޓަވާ އަހައްމިއްޔަތުކަމަކީ ނުހަނު އުފާކުރައްވާ ކަމެއް ކަމަށެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ، ޕީއެންސީން ބާއްވާ މި މަތީ މަޖިލީހަކީ ހަމައެކަނި މީހުން އެއްވާ އެއްވުމެއް ނޫން ކަމަށާއި، މިއީ ރާއްޖޭގެ ކޮންމެ ރަށެއް ތަމްސީލުވާ ގޮތަށް، ހުރިހާ ފަންތިއެއްގެ ހިޔާލުތައް އެއްކޮށް ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރިއަށްދާނެ މުހިންމު ބައްދަލުވުމެއް ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450