Ads by Exprox

ޚަބަރު

ރޭ ހިނގި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން މީހާގެ ހާލު ސީރިއަސްވެ ވެންޓިލޭޓަރުގައި

ރޭ ހިނގި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން މީހާގެ ހާލު ސީރިއަސްވެ ވެންޓިލޭޓަރުގައި

ރޭ ހިނގި އެކްސިޑެންޓުގައި ގެއްލުންވި ކާރާއި ސައިކަލު- ފޮޓޯ: އެމްވީ ކްރައިސިސް

farudhun logo

ފަރުދުން

05 ސެޕްޓެމްބަރު 2024، 12:20

05 ސެޕްޓެމްބަރު 2024، 12:20

މާލޭގައި ރޭ ބޮޑުތަކުރުފާނު މަގާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމަތީގައި ސައިކަލަކާއި ކާރެއް ޖެހިގެން ހިނގި އެކްސިޑެންޓްގައި އަނިޔާވި ސައިކަލް ދުއްވަން އިން މީހާގެ ހާލު ސީރިއަސްވެ ވެންޓިލޭޓަރގައި ފަރުވާ ދެމުންދާކަމަށް އައިޖީއެމްއެޗުން މަޢުލޫމާތު ދީފިއެވެ.

އައިޖީއެމްއެޗް ހޮސްޕިޓަލުން މަޢުލޫމާތުދިން ގޮތުގައި، ރޭ ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައެވެ. އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ދިވެހި ފިރިހެނަކަށެވެ.

މިކަމާ ގުޅިގެން ފުލުން ވިދާޅުވީ ބޮޑުތަކުރުފާނު މަގުގައި ސައިކަލަކާއި ކާރެއް ޖެހިގެން އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ ރޭ 12:53 ގައި ކަމަށެވެ. މި އެކްސިޑެންޓުގައިި ކާރަށާއި ސައިކަލަށް ވަނި ބޮޑެތި ގެއްލުންތަކެއް ލިބިފައެެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco