Ads by Farudhun

ޚަބަރު

އައި.އެސް.ސީގައި ބައިވެރިވެވަޑައިގަތުމަށްފަހު މަޖިލީހުގެ ރައީސް ރާއްޖެ ވަޑައިގެންފި

އައި.އެސް.ސީގައި ބައިވެރިވެވަޑައިގަތުމަށްފަހު މަޖިލީހުގެ ރައީސް ރާއްޖެ ވަޑައިގެންފި

މަޖިލީހުގެ ރައީސާއި ވަފުދު. ފޮޓޯ: މަޖިލިސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

30 އޯގަސްޓު 2026، 10:45

30 އޯގަސްޓު 2026، 10:45

2 ވަނަ އިންޓަރ-ޕާލިމެންޓަރީ ސްޕީކާރސް ކޮންފަރެންސް (އައި.އެސް.ސީ)ގައި ބައިވެރިވެވަޑައިގަތުމަށް ކެމްބޯޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުالله ރާއްޖެ ވަޑައިގެންފިއެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ކެމްބޯޑިއާއަށް ދަތުރުފުޅު ފެއްޓެވީ މި ހިނގާ މަހުގެ 26 ވަނަ ދުވަހުގައެވެ. މި ދަތުރުފުޅުގައި އެމަނިކުފާނާއެކު ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، މައްޗަންގޮޅި ދެކުނު ދާއިރާގެ، މެންބަރު މުޞްޠަފާ ޙުސައިން، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު، މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯ، އަޙްމަދު ނިހާން ޙުސައިން މަނިކު އަދި ފޮރިން ރިލޭޝަންސް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ޒުއްޔިނާ ބަދުރީ ބައިވެރިވެވަޑައިގެންނެވިއެވެ.

 ކޮންފަރެންސް ކުރިއަށް ގޮސްފައި ވަނީ މި މަހުގެ 26 އިން 28 އަށް  ކެމްބޯޑިއާގެ ފްނޮމް ޕެންގައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މި ކޮންފަރެންސްގައި  "ޞުލްޙަ އާއި ތަނަވަސްކަމަށްޓަކައި އެއްބައިވަންތަކަން: ބައިނަލްއަޤުވާމީ ޤާނޫނުތައް ހަރުދަނާކުރުމާއި ޞުލްޙަވެރިކަމާއެކު މައްސަލަތައް ހައްލުކުރުން" މި މައުޟޫއަށް ވަނީ ވާހަކަފުޅުދައްކަވާފައެވެ. 



މި  މަޢުޟޫއަށް ވާހަކަފުޅުދައްކަވަމުން، މަޖިލީހުގެ ރައީސް ވަނީ ދުނިޔޭގެ ޞުލްޙައާއި ތަނަވަސްކަން ޤާއިމުކުރުމަށް ޓަކައި، ޤާނޫނު ހަދާ މަޖިލިސްތަކުގެ މެދުގައި އޮންނަ ގުޅުންތައް ވަރުގަދަކުރުމަށާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އިހުތިރާމްކުރުމަށާއި، މަޝްވަރާކުރުން އިސްކުރުމަށް ގޮވާލައްވާފައެވެ.

ހަމަޖެހުމާއި ޞުލްޙަ މަސަލަސްކަން ދެމެހެއްޓުމުގައި ޤާނޫނު ހަދާ މަޖިލިސްތަކުން އަދާކުރާ މުހިންމު ދައުރަށް އަލިއަޅުއްވާލައްވަމުން، މަޖިލީހުގެ ރައީސް ވަނީ ޕާލިމެންޓަރީ ޑިޕްލޮމަސީ މެދުވެރިކޮށް ދައުލަތްތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަވެ، ވާހަކަދައްކައިގެން ކަންކަން ހައްލުކުރުމުގެ މަގުފަހިވާކަން ފާހަގަކުރައްވާފައެވެ. ެ. މީގެއިތުރުން، ދެބަސްވުންތަކާއި އަނިޔާވެރި އަމަލުތައް އިޚްތިޔާރު ކުރުމުގެ ބަދަލުގައި، އަބަދުމެ އިސްކަންދޭންޖެހޭނީ މަޝްވަރާގެ އުސޫލު އިސްކޮށް އެކުގައި މަސައްކަތްކުރުމަށް ކަމުގައި އެމަނިކުފާނު ބަޔާންކުރެއްވިއެވެ.

އައި.އެސް.ސީ ކޮންފަރެންސަކީ، ޞުލްޙައާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، ހަމަނުޖެހުންތައް ޙައްލުކުރުމުގެ އިތުރުން، ގުޅިފައިވާ ތަރައްޤީއާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެކި ޤައުމުތަކުގެ  ޤާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ކޮންފަރެންސެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450