Ads by Farudhun

ޚަބަރު

ހަނިމާދޫ މިސްކިތް ނިންމުމުގެ މަސައްކަތް ބާރަށް ކުރިއަށްދަނީ

ހަނިމާދޫ މިސްކިތް ނިންމުމުގެ މަސައްކަތް ބާރަށް ކުރިއަށްދަނީ

މި މަސައްކަތުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

30 އޯގަސްޓު 2026، 01:14

30 އޯގަސްޓު 2026، 01:14

ހދ. ހަނިމާދޫގައި އަޅަމުންދާ މިސްކިތުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެކްސްގައި މިކަން ހާމަކުރައްވާ ކުރި ޕޯސްޓެއްގައި އެ ކުންފުނިން ބުނީ، މިހާރު އެ ސަރަހައްދުގައި ކުރިއަށް ދަނީ ގްރައުންޑް ފްލޯގެ ރޭނުމުގެ މަސައްކަތްތައް ކަމަށެވެ.

ނުނިމި މެދުކެނޑިފައި އޮތް މި މިސްކިތް އިމާރާތްކުރުމުގެ މަޝްރޫޢު، 360 ދުވަހުގެ މުއްދަތެއްގެ ތެރޭގައި އެއްކޮށް ނިންމާ ގޮތަށް އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ވޭތުވެދިޔަ އަހަރުގެ އެޕްރީލް މަހުގައެވެ. އެއްފަހަރާ 500 މީހުންގެ ޖަމާޢަތް ހެދޭ ގޮތަށް، 7933 އަކަމީޓަރުގެ ބޮޑުމިނުގައި ބިނާކުރާ މި މިސްކިތް ނިންމުމަށް އެ ކުންފުންޏާ ހަވާލުކުރީ 9.44 މިލިއަން ރުފިޔާގެ އަގަކަށެވެ.



ހަނިމާދޫގައި 2645 މީހުންގެ އާބާދީއެއް އޮތްއިރު، ދިވެހިންނަކީ ދީންވެރިކަމަށް ލޯބިކުރާ ބަޔަކަށްވާތީ، ފެންވަރު ރަނގަޅު މިސްކިތްތައް ރަށްރަށުގައި ބިނާކުރުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމުގައި އެމްޓީސީސީން ކުރިން ފާހަގަކޮށްފައިވެއެވެ. 

މީގެއިތުރުން މި މިސްކިތުގެ މަޝްރޫޢު ނިމުމަކަށް އައުމުން، ރަށުގެ އެންމެހައި ރައްޔިތުންނަށް އަޅުކަން އަދާކުރުމަށާއި، ދީނީ ޢިލްމު ހޯދުމުގެ އިތުރުން މުޖުތަމަޢުގެ އެކުވެރިކަން ވަރުގަދަކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް އެ ކުންފުނިން ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްލާމީ ކަންކަމަށް ވަރަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވައެވެ. މިގޮތުން އެކި ރަށްރަށުގެ މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމާއި، އައު މިސްކިތްތައް އިމާރާތްކުރުމުގެ އިތުރުން މިސްކިތްތަކުގައި އިމާމުވެ ނަމާދުކުރާނެ ޒުވާން އިމާމުން ބިނާކުރުން ހިމެނެއެވެ.

 

 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450