Ads by Farudhun

ޚަބަރު

ހުޅުމާލެ ހޮސްޕިޓަލުގައި އިތުރު 3 ހިދުމަތެއް ރަސްމީކޮށް ފަށައިފި

ހުޅުމާލެ ހޮސްޕިޓަލުގައި އިތުރު 3 ހިދުމަތެއް ރަސްމީކޮށް ފަށައިފި

މި ޚިދުމަތްތައް އެ ހޮސްޕިޓަލުގައި އިފްތިތާޙުކޮށްދެއްވަނީ: ފޮޓޯ: ސިއްހަތާއި ބެހޭ ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

30 އޯގަސްޓު 2026، 02:15

30 އޯގަސްޓު 2026، 02:15

ހުޅުމާލެ ހޮސްޕިޓަލުގައި އިތުރު 3 ޚިދުމަތެއް ރަސްމީކޮށް ފަށައިފިއެވެ. 

މި ޚިދުމަތްތައް އެ ހޮސްޕިޓަލުގައި އިފްތިތާޙުކޮށްދެއްވީ ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީއެވެ. ހުޅުމާލެ ހޮސްޕިޓަލުގައި އަލަށް ތަޢާރަފްކުރި ގެސްޓްރޯއެންޓްރޮލޮޖީ (ބަނޑާއި ގޮހޮރުގެ ބަލިތައް)، ނިއުރޮލޮޖީ (ނާރުގެ ބަލިތައް) އަދި ޔޫރޮލޮޖީ (ކުޑަކަމުދާ ނިޒާމުގެ ބަލިތައް) ގެ ޚިދުމަތްތަކެވެ. 

މި ރަސްމިއްޔާތަށްފަހު ވަޒީރު ވަނީ އަލަށް މި ޚިދުމަތްތައް ދިނުމަށް ޤާއިމުކުރެވުނު ތަންތަނަށް ޒިޔާރަތްކުރައްވައި، އެ ތަންތަނުގެ ވަސީލަތްތައް ބައްލަވާލައްވާފައެވެ. 

އަލަށް އިފްތިތާޙުކުރެވުނު ޚިދުމަތްތަކާއެކު، ސްޕެޝަލިސްޓް ފަރުވާ ހޯދުމަށް ރައްޔިތުންނަށް އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށް ސިއްހަތާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. 



ވޭތުވެދިޔަ ދެ އަހަރާއި ބައިގެ މުއްދަތުގައި، ހުޅުމާލެ ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަމަށް ޙައްލެއް ހޯދައި، ދެވޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. މިގޮތުން އެންމެ ފަހުގެ ޒަމާނީ ވަސީލަތްތައް އެކުލެވޭ، ހަތަރު އޮޕަރޭޓިންގ ރޫމް ހިމެނޭ ގޮތަށް އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސްއެއް ވަނީ އެ ހޮސްޕިޓަލުގައި ތަރައްޤީކޮށްފައެވެ.

ހަމައެއާއެކު، 10 އެނދުގެ ޖާގައާއެކު އިންޓެންސިވް ކެއަރ ޔުނިޓެއް (އައިސީޔޫ) ގެ އިތުރުން ޚާއްޞަ އައިސީޔޫ ކޮޓަރިއެއް ވަނީ ޤާއިމުކުރެވިފައެވެ. އަދި އައިސީޔޫގެ އިތުރުން، ޒަމާނީ ފެންވަރުގެ ވަސީލަތްތަކާއެކު 14 އެނދު ހިމެނޭ ނިއޮނޭޓަލް އިންޓެންސިވް ކެއަރ ޔުނިޓެއް (އެންއައިސީޔޫ) ވެސް ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ވަނީ ޤާއިމުކޮށް ޚިދުމަތްދޭން ފަށާފައެވެ.

 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450