Ads by Farudhun

ޚަބަރު

ތިލަމާލެ ބްރިޖުގެ މަސައްކަތް ނިންމުމަށް ދެޤައުމުގެ ސަރުކާރުންވެސް ވަރަށް ބޮޑު އިސްކަމެއްދޭ: އިންޑިއާ ސަފީރު

ތިލަމާލެ ބްރިޖުގެ މަސައްކަތް ނިންމުމަށް ދެޤައުމުގެ ސަރުކާރުންވެސް ވަރަށް ބޮޑު އިސްކަމެއްދޭ: އިންޑިއާ ސަފީރު

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަން. ފޮޓޯ: ޕީއެސްއެމް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

30 އޯގަސްޓު 2026، 07:26

30 އޯގަސްޓު 2026، 07:26

ތިލަމާލެ ބްރިޖުގެ މަސައްކަތް ނިންމުމަށް ދިވެހިރާއްޖެ އާއި އިންޑިއާގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށާއި، މި މަޝްރޫޢު ނިމިގެންދަނީ ދިވެހި ސަރުކާރުގެ ވަރަށް ބޮޑު އެއްބާރުލުމަކާއެކު ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޖީ ބާލަސުބްރަމާނިއަން ވިދާޅުވެއްޖެއެވެ. ސަފީރު މިހެން ވިދާޅުވީ ތިލަމާލެ ބްރިޖުގެ މަސައްކަތް ބައްލަވާލައްވައި، މާލެއިން ވިލިމާލެއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިންގަވާފައި ވަޑައިގެންނެވި ތާރީޚީ ހިނގާލުމުގައި ބައިވެރިވެވަޑައިގަތުމަށްފަހު މީޑިއާތަކާ ވާހަކަދައްކަވަމުންނެވެ.

މީޑިއާތަކާ ވާހަކަދައްކަވަމުން އިންޑިއާ ސަފީރު ވިދާޅުވީ މާލެއާއި ވިލިމާލެ ބުރިޖުން ގުޅާލެވި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބުރިޖު މަތިން ހިނގާލުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރުން ވަރަށް ގާތުން ދަނީ މަސައްކަތް ކުރަމުން. މިއީ އިންޑިއާގެ ބޯޑަރުން ބޭރުގައި އިންޑީއާއިން ކުރިއަށް ގެންދާ ވަރަށް ބޮޑު ޢުމްރާނީ ތަރައްޤީގެ އެންމެ ބިޔަ އެއް މަޝްރޫޢު. މިކަން ރާއްޖޭގައި ކުރާއިރު އަޅުގަނޑުމެން ވަރަށް އުފާވޭ، މި މަސައްކަތް ނިމެން ދާތީ. އެއީ ދިވެހި ސަރުކާރުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން ކުރެވޭ މަސައްކަތެއް. ބިނާރާއި ބެހޭ ވުޒާރާއާއި ޚާރިޖީ ވުޒާރާ އަދި ޚާއްސަކޮށް ރައީސްއަށް ޝުކުރުދަންނަވަން.

މި މަސައްކަތަކީ އިންޑިއާގެ ބޯޑަރުން ބޭރުގައި އެ ޤައުމުން ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫޢުކަން ފާހަގަކުރައްވައި ސަފީރު ވިދާޅުވިއެވެ.

އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން މިހާރު ވަނީ މާލެ އާއި ވިލިމާލޭގެ ދެމެދުގައިވާ ގާތްގަނޑަކަށް 2.05 ކިލޯމީޓަރުގެ ސެގްމެންޓް އެއްގަމު މަގުން ގުޅުވާލެވިފައެވެ. މުޅި މަޝްރޫޢު އެއްކޮށް ނިމޭއިރު މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ހިމެނޭހެން ޖުމްލަ 6.7 ކިލޯމީޓަރުގެ ސަރަހައްދެއް ބްރިޖާއި ކޯޒްވޭގެ ޒަރީއާއިން ގުޅާލެވޭނެއެވެ.

ތިލަމާލެ ބްރިޖު މަޝްރޫޢަކީ ޖުމްލަ 500 މިލިޔަން ޑޮލަރު (7 ބިލިޔަނަށްވުރެ ގިނަ ދިވެހި ރުފިޔާ) ގެ ބިޔަ މަޝްރޫޢެކެވެ. މިއީ އިންޑިއާ ސަރުކާރުން ދޭ 100 މިލިޔަން ޑޮލަރުގެ ހިލޭ އެހީ (ގްރާންޓް) އާއި 400 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ އިތުރުން ދިވެހި ސަރުކާރުގެ ޚަރަދުވެސް ހިމެނޭގޮތަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ އަންނަ އަހަރުގެ ނިޔަލަށް މި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމުމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450