Ads by Farudhun

ޚަބަރު

ކާރަކަށް ގެއްލުން ދިނުމަށް، މަގުމަތީގެ އަމާންކަން ގެއްލުވާލައި ކާރު ދުއްވި މީހަކު ހައްޔަރުކޮށްފި

ކާރަކަށް ގެއްލުން ދިނުމަށް، މަގުމަތީގެ އަމާންކަން ގެއްލުވާލައި ކާރު ދުއްވި މީހަކު ހައްޔަރުކޮށްފި

ކާރަށް ގެއްލުންދީ، މަގުމަތީގެ އަމާންކަން ގެއްލޭ ގޮތަށް ދުއްވި މީހާ---

farudhun logo

ފަރުދުން

30 އޯގަސްޓު 2026، 08:08

30 އޯގަސްޓު 2026، 08:08

ޏ. ފުވައްމުލަކުގައި ކާރެއް ހަލާކުކޮށްލުމުގެ ގަސްދުގައި، މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވައި އެކްސިޑެންޓްތަކެއް ސިލްސިލާކޮށް ހިންގި މައްސަލައެއްގައި މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން ވިދާޅުވީ، 2026 އޮގަސްޓު 29 ވަނަ ދުވަހުގެ އިރުއޮއްސި 18:22 ހާއިރު، ފުވައްމުލަކު މޫޑިގެ ކުރިމަތިން ދުއްވާފައި ދިޔަ ކާރެއް ސައިކަލެއްގައި ޖައްސައި އެކްސިޑެންޓްކޮށްލުމަށްފަހު، މަޑުނުކޮށް ގޮސް އެ މަގުން ދަތުރުކުރި އެހެން ކާރެއްގައާ ރުކެއްގައި ޖައްސައި އެކްސިޑެންޓްވެފައިވާ މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި ސައިކަލު ދުއްވަން އިން އަންހެން މީހާއަށާއި ފަހަތުގައި އިން 8 އަހަރުގެ އަންހެން ކުއްޖާއަށް އެކިވަރުގެ އަނިޔާތައް ލިބިގެން ފުވައްމުލައް ހޮސްޕިޓަލުގައި ވަނީ ފަރުވާދީފައެވެ. ނަމަވެސް އެ ދެ މީހުންނަށް ވެސް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން މައުލޫމާތު ދެއެވެ. މީގެއިތުރުން، މި ހާދިސާގައި ހިމެނޭ ދެ ކާރަށާއި ސައިކަލަށް ވެސް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.

ފުލުހުންގެ ތަހުގީގުން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި، ކާރު ދުއްވި މީހާ އެ އަމަލު ހިންގާފައިވަނީ މަސްތުގެ ހާލަތުގައި ހުރެގެން ކަމަށް ތުހުމަތު ކުރެވެއެވެ. އަދި އޭނާ މި އެކްސިޑެންޓްތައް ކޮށްފައިވަނީ ކާރުގެ ވެރިފަރާތަށް އަނިޔާކޮށް، ކާރު ހަލާކުކޮށްލާނެ ކަމަށް ބުނެ އިންޒާރުދިނުމަށްފަހު، ގަދަކަމުން އެ ކާރު އަތުލައިގަނެގެން ދުއްވައިގެންކަން ވެސް ތަހުގީގަށް ވަނީ ހާމަވެފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ 35 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ. އެއީ ޏ. ފުވައްމުލައް، މިސްކިތްމަގު، އަންދާޒު، އަޙްމަދު ޢައުނުﷲ (35އ) އެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450