Ads by Farudhun

ޚަބަރު

ޕީއެންސީގެ މަޤާމުތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި

ޕީއެންސީގެ މަޤާމުތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި

ޕީއެންސީގެ ބައްދަލުވުމެއްގެ ތެރެއިން. ފޮޓޯ: ޕީއެންސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

30 އޯގަސްޓު 2026، 10:53

30 އޯގަސްޓު 2026، 10:53

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލިސް 2026 ގެ ތެރޭގައި އިންތިޚާބުކުރުމަށް ހަމަޖެހިފައިވާ ޕާޓީގެ އިސް މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.

މި އިންތިޚާބުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 15 އިން 18 އަށް ބާއްވާ އެ ޕާޓީގެ މަތީ މަޖިލީހުގައެވެ.

ކޮންގްރެސް ޕާޓީން ކޮށްފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން އިންތިޚާބުކުރާ މަޤާމުތަކުގެ ތެރޭގައި ޕާޓީގެ 6 ނައިބު ރައީސުންނާއި، މެންބަރުންގެ މަޖިލީހުގެ 18 މެންބަރުންގެ އިތުރުން އަންހެން 10 މެންބަރުން އަދި ޒުވާނުންގެ 7 މެންބަރުން ހިމެނެއެވެ. މީގެއިތުރުން، އަންހެނުންގެ ޙަރަކާތާއި ޒުވާނުންގެ ޙަރަކާތުގެ ރައީސް، ނައިބުރައީސް، ސެކްރެޓަރީ އަދި ޚަޒާންދާރުގެ މަޤާމުތަކަށްވެސް މެންބަރުން އިންތިޚާބުކުރުން އޮންނާނެއެވެ.

މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކަކީ ޕާޓީގެ ރަސްމީ ދަފުތަރުގައި ހިމެނޭ، ޖިނާއީ ބޮޑުކުށެއްގެ ރިކޯޑެއް ނެތް ފަރާތްތަކަށް ވާންޖެހޭނެއެވެ. އަދި ޒުވާނުންގެ މަޤާމުތަކަށް ކުރިމަތިލެވޭނީ 2026 ސެޕްޓެމްބަރު 16 އަށް 36 އަހަރު ނުފުރޭ ފަރާތްތަކަށެވެ. މީގެއިތުރުން، ކޮންމެ މެންބަރަކަށްވެސް ކުރިމަތިލެވޭނީ ގިނަވެގެން އެންމެ މަޤާމަކަށް ކަމަށްވެސް އެ ޕާޓީން ބަޔާންކޮށްފައިވެއެވެ.

އިންތިޚާބުގައި ވާދަކުރުމަށް އެދި ހުށަހަޅަންޖެހެނީ ޕާޓީގެ ވެބްސައިޓުގައިވާ އިންތިޚާބީ ޕޯޓަލް މެދުވެރިކޮށެވެ. މަޤާމުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 2026 ސެޕްޓެމްބަރު 8 ވާ އަންގާރަ ދުވަހެވެ. މި މުއްދަތު ހަމަވުމަށްފަހު އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450