Ads by Farudhun

ޚަބަރު

އެއާޕޯޓާއި ދިމާއަށް ބުރިޖު މަތިން ހިނގާފައި ދިޔަ 2 ބިދޭސީންނަށް ފުލުހުން އެހީވެއްޖެ

އެއާޕޯޓާއި ދިމާއަށް ބުރިޖު މަތިން ހިނގާފައި ދިޔަ 2 ބިދޭސީންނަށް ފުލުހުން އެހީވެއްޖެ

ސިނަމާލެ ބްރިޖު. ފޮޓޯ: ދަ އެޑިޝަން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

31 އޯގަސްޓު 2026، 08:57

31 އޯގަސްޓު 2026، 08:57

ސިނަމާލެ ބްރިޖު މަތިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދިމާއަށް ހިނގާފައި ދިޔަ ދެ ބިދޭސީއަކަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މި ހާދިސާއާ ގުޅޭގޮތުން ފުލުހުން މައުލޫމާތު ދިން ގޮތުގައި، 30 އޮގަސްޓު 2026ގެ ހަވީރު، ގާތްގަނޑަކަށް 05:00 ހާއިރު ސިނަމާލެ ބުރިޖު މަތިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ކޮޅަށް ފައިމަގުގައި ދަތުރުކުރި ދެ ބިދޭސީއަކަށް ފުލުހުން ވަނީ އެޓެންޑްވެފައެވެ.

ފުލުހުން ވަނީ އެ ސަރަހައްދަކީ ހިނގާފައި ދިއުން މަނާ ސަރަހައްދެއްކަން އެ ދެ މީހުންނަށް އޮޅުންފިލުވައިދީ، ނަސޭހަތްތެރިވެފައެވެ. އަދި އެ މީހުން ދާން ބޭނުންވި މަންޒިލަށް ދަތުރު ކުރިއަށް ގެންދިއުމަށް ޓަކައި ޓެކްސީއެއް ހޯދައިދީ ފުލުހުން ވަނީ އެހީތެރިވެދީފައެވެ.

 އެ ދެ މީހުން ލަގެޖް ފޮށި ހިފައިގެން ބްރިޖުމަތިން އެއާޕޯޓާ ދިމާއަށް ހިނގާފައިދާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވެ، ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.

ސިނަމާލެ ބްރިޖަކީ އާންމުކޮށް ފައިމަގުގައި ހިނގާފައި ދިއުން މަނާ ސަރަހައްދަކަށް ވާއިރު، ބްރިޖު މަތިން ފައިމަގުގައި އެއާޕޯޓަށް ދިއުމަކީ ނުރައްކާތެރި އަދި ޓްރެފިކް ގަވާއިދުތަކާ ވެސް ހިލާފު ކަމެކެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450