Ads by Farudhun

ޚަބަރު

"ވިލުންވެށި" ޕްރޮގްރާމުގެ ދަށުން ދަނޑުވެރިކަމުގެ އައު ހުނަރުތައް ދަސްކޮށްދޭން ފަށައިފި

"ވިލުންވެށި" ޕްރޮގްރާމުގެ ދަށުން ދަނޑުވެރިކަމުގެ އައު ހުނަރުތައް ދަސްކޮށްދޭން ފަށައިފި

ޣާޒީ ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުންނަށް ޚާއްޞަކޮށްގެން ބޭއްވުނު ހަރަކާތް. ފޮޓޯ: ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

31 އޯގަސްޓު 2026، 08:58

31 އޯގަސްޓު 2026، 08:58

މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށްގެންދާ "އެންހޭންސިންގ ކްލައިމެޓް ރެޒިލިއަންސް އެންޑް ފުޑް ސެކިއުރިޓީ" (އީ.ސީ.އާރް.އެފް.އެސް) މަޝްރޫޢުގެ ދަށުން، ޣާޒީ ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުންނަށް ޚާއްޞަކޮށްގެން "ވިލުންވެށި" ސްކޫލް ގާޑަން ޕްރޮގްރާމް ފަށައިފިއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ، ދަރިވަރުންނާއި މުވައްޒަފުންނަށް ކާބޯތަކެތި ހެއްދުމުގެ އައު ގޮތްތައް ދަސްކޮށްދީ، ސްކޫލުގެ ބަގީޗާއަކީ އުނގެނުމަށާއި ނަފްސާނީ ދުޅަހެޔޮކަމަށް އެކަށޭނަ ދިރުންހުރި މާޙައުލަކަށް ހެދުން ކަމަށެވެ. 

އަދި މި ހަރަކާތްތައް ކުރިއަށް ގެންދަނީ އަމަލީ ތަޖުރިބާ ލިބޭނޭ ފަދަ ތަމްރީނުތަކާ އެކުގައި ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. 

މި ޕްރޮގްރާމްގެ ސަބަބުން ކުދިންނަށް މޭވާ ލިބޭ ގަސްތަކާއި ، ހަވާދުގެ ބާވަތްތައް ހައްދައި އެ ތަކެތި ފަރުވާތެރިކަމާއެކު ބެލެހެއްޓުމުގެ ހުނަރުތައް އުނގަންނައިދެވިގެންދާނެ ކަމަށް ވުޒާރާއިން ވިދާޅުވެއެވ ހަމައެއާއެކު، ސައި ހެދުމަށް އެކަށީގެންވާ މާ އަޅާ ގަސްތައް ފާހަގަކޮށް، އެ ތަކެތި އުފެއްދުންތެރި އަދި ދެމެހެއްޓެނިވި އުސޫލުތަކުން ބޭނުންހިފުމުގެ އަމަލީ ހުނަރުވެސް ކުދިންނަށް ދަނީ ދަސްކޮށްދެވެމުން ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.



އަދި އަމަލީ ގޮތުން ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިވުމުން ކުދިންގެ ޝައުގު ވަރަށް ބޮޑަށް އިތުރުވެގެން  ގޮސްފައިވާ ކަމަށް ވުޒާރާއިން ވިދާޅުވެއެވެ. މިގޮތުން ގަސް ހެއްދުމުގެ އާ ގޮތްތައް ދަސްވުމުގެ އިތުރަށް، އެ ކުދިން އަމިއްލައަށް އުފައްދާ ތަކެތި އާންމު ދިރިއުޅުމުގައި ބޭނުންކުރެވިދާނެ ގޮތްތައް ކުދިންނަށް ވަނީ ތަޖުރިބާ ކުރެވިފައި ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

އީ.ސީ.އާރް.އެފް.އެސް ޕްރޮޖެކްޓުގެ ފަންނީ އެއްބާރުލުމާއެކު، ޣާޒީ ސްކޫލުގައި ހެދިފައިވާ މި ބަގީޗާ ވެގެންދާނީ ކުދިންނަށް ގިނަ ފައިދާތަކެއް ލިއްބައިދޭ ހާމަކަން ބޮޑު ތަޢުލީމީ މާޙައުލަކަށް ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. 

މިއީ މޫސުމީ ބަދަލުތަކަށް ހޭނިފައިވާ ދަނޑުވެރިކަމުގެ އުސޫލުތަކާއި، ފައިދާހުރި ކާނާ އިޚްތިޔާރުކުރުމުގެ އިތުރުން ތިމާވެށީގެ ހޭލުންތެރިކަން އަށަގަންނުވައި، ދަރިވަރުންގެ ދިރިއުޅުމަށް ބޭނުންތެރި ޢަމަލީ ތަޖުރިބާތަކެއް ޙާޞިލުކޮށްދޭނެ މުހިންމު މަސައްކަތެއްކަން އެ ވުޒާރާއިން ފާހަގަކުރައްވައެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450