Ads by Farudhun

ޚަބަރު

ހިންނަވަރު އެފްއާރުސީގެ ރޫފް ބީމް ކާސްޓިން މަސައްކަތް ފަށައިފި

ހިންނަވަރު އެފްއާރުސީގެ ރޫފް ބީމް ކާސްޓިން މަސައްކަތް ފަށައިފި

ހިންނަވަރު އެފްއާރުސީގެ މަސައްކަތް / ފޮޓޯ: އާރުޑީސީ

farudhun logo

ފަރުދުން

31 އޯގަސްޓު 2026، 03:06

31 އޯގަސްޓު 2026، 03:06

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން ޅ. ހިންނަވަރުގައި ތަރައްޤީ ކުރަމުންދާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރ (އެފްއާރުސީ)ގެ ރޫފް ބީމް ކާސްޓިންގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ކުރިއަށް ގެންދަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އިންނެވެ. 

ހިންނަވަރު ފިޓްނެސް ސެންޓަރުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު އިބްރާހީމް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެ ރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، މި ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ފިޓްނެސް ސެންޓަރެއް ޤާއިމު ކުރުމެވެ. އަދި މި ސެންޓަރުތަކުގައި އިންޑޯ ޖިމަކާއި، އެރޮބިކްސް ފަދަ ކަސްރަތުތަކާއި، ބޯޑު ގޭމު ކުޅެވޭނެ އިންތިޒާމުތައް ވެސް ހަމަޖެހިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ހިންނަވަރު އެފްއާރުސީގެ މަސައްކަތް / ފޮޓޯ: އާރުޑީސީ

ހިންނަވަރުގައި ޕީއެސްއައިޕީ ޕްރޮގްރާމްގެ ދަށުން ހިންގި ތަރައްޤީގެ ޕްރޮޖެކްޓްތަކުގެ ތެރެއިން، އާރްޑީސީ މެދުވެރިކޮށް ތަރައްޤީ ކުރި ފުޓްސަލް ދަނޑު ވަނީ ޖުލައި 5 ވަނަ ދުވަހު ހުޅުވާފައެވެ. ސަރުކާރުން 29 މާރިޗު 2025 ގައި 1.7 މިލިއަން ރުފިޔާއަށް އާރްޑީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި ފުޓްސަލް ދަނޑުގެ މަޝްރޫއު ކުރު މުއްދަތެއްގެ ތެރޭގައި ނިންމާލެވިފައިވާ ކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450