Ads by Farudhun

ޚަބަރު

އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢު ބާރަށް ކުރިއަށް

އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢު ބާރަށް ކުރިއަށް

އއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢޫގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

31 އޯގަސްޓު 2026، 04:33

31 އޯގަސްޓު 2026، 04:33

އއ. ރަސްދޫގައި ހުންނަ އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ސައިޓުގެ ވަށައިގެން ފެންސު ޖެހުމުގެ މަސައްކަތް ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

 މި މަޝްރޫޢަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްދޫއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން 20 އޮގަސްޓް 2025 ގައެވެ. މި އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު އަދި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސަޢުދީ ވަނީ ސޮއިކުރައްވާފައެވެ. އެއަށްފަހު، އޮގަސްޓް މަހުގެ ފަހުކޮޅު ސައިޓު ތައްޔާރުކުރުމާއި މޮބިލައިޒޭޝަން މަސައްކަތްތައް ފަށައި، މިހާރު ދަނީ އަމަލީ ގޮތުން ފެންސު ޖެހުމުގެ މަސައްކަތް ކުރަމުންނެވެ.

ރަސްދޫ ސްކޫލުގެ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، ކިޔަވައިދިނުމަށް ޚާއްޞަ 3 ބުރީގެ އިމާރާތަކާއި، އެތެރޭގެ ކުޅިވަރުތަކާއި އެކި އެއްވުންތަކަށް ޚާއްޞަ މަލްޓިޕަރޕަސް ހޯލެއް ޤާއިމުކުރެވޭނެއެވެ. މީގެއިތުރުން ޒަމާނީ ކޮމްޕިއުޓަރ ލެބަކާއި، ސްކިލްސް ލެބަކާއި، ޒަމާނީ ލައިބްރަރީއެއްގެ އިތުރުން ނަމާދުކުރާ ކޮޓަރިއަކާއި އިދާރީ އިތުރު ޖާގަތައް ހިމެނެއެވެ.

މިހާރު ކުރިއަށްދާ ފެންސު ޖެހުމުގެ މަސައްކަތް ނިމުމުން، ރައްކާތެރިކަމާއެކު އިމާރާތުގެ ބޮޑެތި ސްޓްރަކްޗަރަލް މަސައްކަތްތައް އަވަހަށް ފެށުމަށް މަގުފަހިވެގެންދާނެއެވެ. ތަޢުލީމީ ދާއިރާގެ ޢުމްރާނީ ތަރައްޤީގެ އޮނިގަނޑުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢު އެއްކޮށް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 2028 ވަނަ އަހަރުގެ ފަހުކޮޅެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450