Ads by Farudhun

ޚަބަރު

ފީއަލީ ފުޓްސަލް ދަނޑުގެ ބިންގަނޑު އެއްވަރު ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ

ފީއަލީ ފުޓްސަލް ދަނޑުގެ ބިންގަނޑު އެއްވަރު ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ

ފީއަލީ ފުޓްސަލް ދަނޑުގެ ބިންގަނޑު އެއްވަރު ކުރުމުގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

31 އޯގަސްޓު 2026، 06:46

31 އޯގަސްޓު 2026، 06:46

ފ. ފީއަލީ ފުޓްސަލް ދަނޑު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ދަނޑުގެ ބިންގަނޑު އެއްވަރު ކުރުމުގެ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މައުލޫމާތު ދެއްވި ގޮތުގައި، މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ދަނޑަށް ވެލިއަޅައި ލެވެލް ކުރުމުގެ ނުވަތަ ބިންގަނޑު އެއްވަރު ކުރުމުގެ މަސައްކަތްތަކެވެ. މިއީ ފީއަލީގައި ދިރިއުޅޭ ކުޅިވަރަށް ލޯބިކުރާ ޒުވާނުންނަށް ފުޓްސަލް ކުޅުމަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.

ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ ރަށުގެ ޒުވާނުންގެ ކުޅިވަރުގެ ހުނަރު އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ރާއްޖޭގެ އެކި ރަށްރަށުގައި ފުޓްސަލް ދަނޑުތައް ތަރައްގީކުރުމުގެ މަސައްކަތްތައް އަންނަނީ ކުރެވެމުންނެވެ. މިގޮތުން ބައެއް ރަށްރަށުގެ ދަނޑުތައް ނިންމައި ބޭނުންކުރަން ފަށާފައިވާއިރު، އިތުރު ބައެއް ރަށްރަށުގެ ދަނޑުތަކުގެ އަމަލީ މަސައްކަތްތައްވެސް އެމްޓީސީސީއާ ހަވާލުކޮށްގެން މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450