Ads by Farudhun

ޚަބަރު

އިންސާނީ ވަސީލަތް ބިނާކުރުމަށް ޖަޕާނުން މިލިޔަން ޑޮލަރުގެ އެހީ ދެނީ

އިންސާނީ ވަސީލަތް ބިނާކުރުމަށް ޖަޕާނުން މިލިޔަން ޑޮލަރުގެ އެހީ ދެނީ

ޖަޕާން ސަރުކާރުގެ ޕްރޮޖެކްޓް ފޮރ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަރޝިޕް (ޖޭޑީއެސް) ގެ ދަށުން އަންނަ އަހަރަށް ދިނުމަށް ހަމަޖެހިފައިވާ ސްކޯލަރޝިޕް އެއްބަސްވުމުގައި ސޮއިކުރުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

31 އޯގަސްޓު 2026، 08:01

31 އޯގަސްޓު 2026، 08:01

ޖަޕާން ސަރުކާރުގެ ޕްރޮޖެކްޓް ފޮރ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަރޝިޕް (ޖޭޑީއެސް) ގެ ދަށުން އަންނަ އަހަރަށް ދިނުމަށް ހަމަޖެހިފައިވާ ސްކޯލަރޝިޕް އެއްބަސްވުމުގައި ދިވެހި ސަރުކާރާއި ޖަޕާނާ ދެމެދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢުއެވެ. އަދި ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ ޖައިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ރެސިޑެންޓް ރެޕްރެސެންޓެޓިވް ޓަކި މޮޓޫއެވެ.

މި އެއްބަސްވުމުގެ ދަށުން 152 މިލިޔަން ޖަޕަނީސް ޔެން ނުވަތަ ގާތްގަނޑަކަށް އެއް މިލިޔަން ޑޮލަރުގެ އެހީ ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގެ ދަށުން ޕަބްލިކް ޕޮލިސީ، އިންޓަރނޭޝަނަލް ރިލޭޝަންސް އަދި އެންވަޔަރަމެންޓަލް މެނޭޖްމަންޓްގެ ދާއިރާއިން ޖަޕާނުގެ 3 ޔުނިވަރސިޓީއެއްގައި މާސްޓަރސް ފެންވަރަށް ކިޔެވުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީޢު ވިދާޅުވީ، ޖަޕާނު ސަރުކާރުގެ ފަރާތުން ސިވިލް ސަރވިސް މުވައްޒަފުން ތަމްރީންކުރުމަށް ދެއްވަމުންގެންދަވަނީ ނުހަނު ބޭނުންތެރި މުހިއްމު ފުރުޞަތުތަކެއް ކަމަށެވެ. އަދި ޖަޕާނުން ފޯރުކޮށްދޭ ސްކޯލަރޝިޕްތަކުގައި އެ ޤައުމުގެ ބޮޑެތި ޔުނިވަރސިޓީތަކުގައި މާސްޓަރސް ފެންވަރަށް ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

"މިޕްރޮގްރާމަކީ ބޮޑަށް ސަރުކާރުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން، ޕަބްލިކް ސަރވިސް ހަރުދަނާކުރުމަށް ދެވޭ ސްކޯލަރޝިޕްތަކެއް. މިހާތަނަށް 36 ފުރުޞަތެއް 2020 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ލިބިފައި އެބައޮތް،" ޝަފީޢު ވިދާޅުވިއެވެ.

ޖަޕާން ސަރުކާރުން 2020 ވަނަ އަހަރުން ފެށިގެން އަންނަނީ ދިވެހީން ބިނާކުރުމަށް އެކި ދާއިރާތަކުން ޚާއްސަ ސްކޯލަރޝިޕްތަކެއް ފޯރުކޮށްދެމުންނެވެ. މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ޕްރޮގްރާމްގެ ދަށުން މިހާރުވެސް 9 ދަރިވަރަކު ޖަޕާނުގައި ކިޔަވަމުންދާއިރު، ކިޔަވާ ނިމިގެން އެނބުރި އައިސް ސަރުކާރުގެ އެކި އޮފީސްތަކުގައި ގިނަ ފަރާތްތަކަކުން އަންނަނީ ޚިދުމަތް ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450