Ads by Farudhun

ޚަބަރު

އަމީނީ މަގުގެ ސެގްމަންޓް 1 ގައި ތާރުއެޅުން ހަފުތާއެއްތެރޭ ނިންމާލަނީ

އަމީނީ މަގުގެ ސެގްމަންޓް 1 ގައި ތާރުއެޅުން ހަފުތާއެއްތެރޭ ނިންމާލަނީ

އަމީނީމަގުގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

31 އޯގަސްޓު 2026، 08:24

31 އޯގަސްޓު 2026، 08:24

އަމީނީ މަގުގެ ފުރަތަމަ ސެގްމަންޓުގައި ތާރު އެޅުމުގެ މަސައްކަތް ހަފުތާއެއްގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން ހާމަކުރި ގޮތުގައި، ސެގްމެންޓު 1ގެ އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) ފަށަލަ އެޅުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މިއީ މި މަޝްރޫޢުގެ މުހިންމު ކުރިއެރުމެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ. އަދި އޭބީސީ ފަށަލަ އަޅައި ނިމުމާއެކު، އެ ސެގްމަންޓުގައި ތާރު އެޅުމުގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި ދެ މަރުހަލާގެ މަސައްކަތްތައްވެސް މި ހަފުތާގެ ނިޔަލަށް ނިންމާލުމަށް ވަނީ ތާވަލުކޮށްފައެވެ.

އަމީނީ މަގުގެ މާފަންނާވީ ސަރަހައްދު ހަލާކުވެގެން މަރާމާތުކުރުމުގެ މަސައްކަތް ކުރަމުންދަނީ ޣިޔާސުއްދީން ސްކޫލުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮންނަ ސަރަޙައްދުގައެވެ. އޭގެތެރެއިން ސެގްމަންޓް 1ގެ ގޮތުގައި މިވަގުތު މަރާމާތު ކުރަމުންދަނީ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލްގެ ޕާކާ ހަމައަށް އޮންނަ ގާތްގަނޑަކަށް 270 މީޓަރުގެ ސަރަޙައްދެވެ.

މަގު މަރާމާތުކުރުމުގައި، މަގުގެ އަޑީގައި އަޅާފައިވާ ޔުޓިލިޓީ ވިއުގަތައް ތަރުތީބުކުރުމުގައި ބައެއް ބަދަލުތައް ގެނައުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. މީގެ އިތުރުން ބަސް ހުއްޓާ ތަންތަނަށްވެސް ބައެއް ބަދަލުތައް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. މަގުގެ މަސައްކަތް ކުރިއަށްގެންދާއިރު މަގުގެ ކޮލިޓީ ހިފެހެއްޓުމަށް ޚާއްޞަ އިސްކަމެއް ދެމުންދާކަން އެމްޓީސީސީން ފާހަގަކުރެއެވެ.

މި މަސައްކަތްތައް އަންނަ ނޮވެންބަރު މަހު ނިންމާލުމަށް ހަމަޖެހިފައިވާއިރު، އަމީނީ މަގު އަލުން މަރާމާތު ކުރުމުގެ އިތުރުން ބޮޑުތަކުރުފާނު މަގުގައި ކުރިން ތާރުއަޅާފައިވާ ސަރަޙައްދުތަކުގައި ހަލާކުވެފައި ހުރި ތަންތަން މަރާމާތު ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އަމީނީ މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން 1.79 ކިލޯމީޓަރުގެ މަގު ތަރައްޤީކޮށް ނިންމާފައިވަނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގައެވެ. މި މަސައްކަތަށް މިދިޔަ ސަރުކާރުގައި 84.4 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450