Ads by Farudhun

ޚަބަރު

ކުޑަހުވަދޫ ބަނދަރުގެ މަޝްރޫއުގެ 75 އިންސައްތަ މަސައްކަތް ނިމި، ކީ-ވޯލް ޖެހުމުގެ މަސައްކަތް ފަށައިފި

ކުޑަހުވަދޫ ބަނދަރުގެ މަޝްރޫއުގެ 75 އިންސައްތަ މަސައްކަތް ނިމި، ކީ-ވޯލް ޖެހުމުގެ މަސައްކަތް ފަށައިފި

ކުޑަހުވަދޫ ބަނދަރު ހެދުމުގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

31 އޯގަސްޓު 2026، 10:32

31 އޯގަސްޓު 2026، 10:32

ދ. ކުޑަހުވަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށާއި، މިހާރު ކުރިއަށްދަނީ ކީ-ވޯލް ޖެހުމުގެ މަސައްކަތް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މައުލޫމާތު ދެއްވި ގޮތުގައި، ކުޑަހުވަދޫ ބަނދަރު ތަރައްގީކުރުމުގެ މުޅި މަޝްރޫއުގެ 75 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި މިހާރު އެ ރަށު ބަނދަރު ސަރަހައްދުގައި ކުރިއަށްދަނީ ކީ-ވޯލް އެތުރުމުގެ މުހިންމު މަސައްކަތްތަކެވެ.



މި މަޝްރޫއުގެ ދަށުން ބޮޑެތި މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި:

  • 103،122 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު ފުންކުރުން
  • 5،545 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުން
  • 180 މީޓަރުގެ ބޭރުތޮށްޓެއް ލުމާއި 115 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން
  • 372 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުން

މީގެ އިތުރުން 70 މީޓަރު ދިގު، 2 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، 90 މީޓަރު ދިގު، 2 މީޓަރު ފުޅާ ޖެޓީއެއް ގާއިމުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގައި ހިމެނެއެވެ. އަދި 2،265 އަކަ މީޓަރުގެ ޕޭވްމެންޓް ހެދުމާއި، ބަނދަރު ބައްތި އަދި މޫރިންގ ބޯއީސް ހަރުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450