Ads by Farudhun

ޚަބަރު

ދާޚިލީ ވުޒާރާގެ ނަމުގައި ސައްޙަ ނޫން ސިޓީއެއް ދައުރުކުރާތީ ސަމާލުވާން އެދެފި

ދާޚިލީ ވުޒާރާގެ ނަމުގައި ސައްޙަ ނޫން ސިޓީއެއް ދައުރުކުރާތީ ސަމާލުވާން އެދެފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، ފޮޓޯ: ޕީއެސްއެމް

farudhun logo

ފަރުދުން

31 އޯގަސްޓު 2026، 10:25

31 އޯގަސްޓު 2026، 10:25

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ރަސްމީ ސިޓީއެއް ކަމަށް ދައްކައިގެން ސައްޙަ ނޫން ސިޓީއެއް މީސްމީޑިއާގައި ދައުރުކުރަމުންދާތީ އެކަމަށް ސަމާލުވުމަށް އެ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ.

ދާޚިލީ ވުޒާރާއިން ވިދާޅުވީ، އެ ވުޒާރާއަކީ ޖިނާއީ ތަހުގީގު ހިންގާ އިދާރާއަކަށް ނުވާތީ، މީސްމީޑިއާގައި ދައުރުވަމުންދާ ސިޓީގައި ބަޔާންކޮށްފައިވާ ފަދަ އެއްވެސް ލިޔެކިޔުމެއް ބޭންކަކަށް އަދި އެހެން އެއްވެސް އިދާރާއަކަށް ފޮނުވާފައި ނުވާނެ ކަމަށެވެ. އަދި ދައުލަތުގެ ރަސްމީ އިދާރާތަކުގެ ނަމުގައި މިފަދަ ދޮގު މައުލޫމާތު ފެތުރުމާއި ސައްޙަ ނޫން ލިޔުންތައް އުފައްދައިގެން ނުހިންގުމަށް އެންމެހައި ފަރާތްތަކަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ ފޭކް ސިޓީގައި ބުނެފައިވަނީ، ދިވެހިރާއްޖޭގައި މަސައްކަތްކުރާ ގިނަ ފަރާތްތަކަކުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ރަސްމީ ރޭޓަށް ވުރެ ބޮޑު އަގުގައި ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.



މީގެއިތުރުން، ބޭރު ފައިސާގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުންތައް ތަންފީޒުކުރުމުގެ ގޮތުން ކަމަށް ބުނެ، މަނީ އެކްސްޗޭންޖު ލައިސަންސް ލިބިފައިވާ ފަރާތްތަކުގެ އެކައުންޓުތަކާއި، އެފަރާތްތަކުގެ އެކައުންޓުތަކަށް 500 ޑޮލަރަށް ވުރެ މަތިން ފައިސާ ޖަމާކޮށްފައިވާ ފަރާތްތަކުގެ އެކައުންޓް ސްޓޭޓްމަންޓްތަކުގެ މައުލޫމާތު ހިއްސާކުރުމަށް އެ ސިޓީގައި އެދިފައިވާ ކަމަށް ދައްކާފައިވެއެވެ.

ނަމަވެސް، މި ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އެކުލެވިގެންނުވާ، ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަށް ފަތުރަމުންދާ ދޮގު މައުލޫމާތުތަކެއް ކަމަށް ދާޚިލީ ވުޒާރާއިން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450