Ads by Farudhun

ޚަބަރު

ކޮޗިންއާއި ޓްރިވެންޑްރަމަށް މޯލްޑިވިއަންގެ ދަތުރުތައް އިތުރުކުރަނީ

ކޮޗިންއާއި ޓްރިވެންޑްރަމަށް މޯލްޑިވިއަންގެ ދަތުރުތައް އިތުރުކުރަނީ

މޯލްޑިވިއަންގެ ފްލައިޓެއް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

01 ސެޕްޓެމްބަރު 2026، 09:55

01 ސެޕްޓެމްބަރު 2026، 09:55

ޤައުމީ އެއަރލައިން މޯލްޑިވިއަންއިން އިންޑީއާގެ ޓްރިވެންޑްރަމް އަދި ކޮޗިންއަށް ކުރާ ދަތުރުތައް ޑިސެންބަރު މަހު 13 އިން ފެށިގެން އިތުރުކުރުމަށް ނިންމައިފިއެވެ.

މިއީ  މޯލްޑިވިއަންއިން އިންޑިއާގެ މަންޒިލްތަކަށް ކުރަމުންދާ ދަތުރުތައް ފުޅާކުރުގެ ތެރެއިން ނިންމި ނިންމުމެކެވެ.  ވަގުތު މި ދެ ސަރަޙައްދަށް ހަފުތާއަކު ފަސް ދަތުރު ކުރަމުން ދިޔަ ނަމަވެސް،  ޑިސެންބަރު 13 އިން ފެށިގެން ކޮންމެ ހަފުތާއަކު ހަ ދަތުރު ބާއްވަން ވަނީ ކަނޑައަޅާފައެވެ.

މިވަގުތު މޯލްޑިވިއަން އިން އިންޑިއާގެ ކޮޗިން އާއި ޓްރިވެންޑްރަމަށް ދަތުރުތައް ކުރަނީ ކޮންމެ ހަފުތާއެއްގެ ހޯމަ، ބުދަ، ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހުގައެވެ. އެހެންނަމަވެސް، ކުރިއަށް އޮތް ޑިސެންބަރު މަހުގެ 13 ވަނަ ދުވަހުން ފެށިގެން އާދީއްތަ ދުވަސްތަކުގައި ވެސް މި މަންޒިލްތަކަށް ދަތުރުތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.



މި އަހަރުގެ ޑިސެންބަރު މަހު އިންޑިއާގެ ދަތުރުތައް އިތުރުކުރަން ނިންމާފައިވާއިރު، ހަފުތާއަކު ފަސް ދުވަހު އެ ޤައުމަށް ދަތުރުކުރާ ގޮތަށް މޯލްޑިވިއަން އިން ހަމަޖެއްސީ ވޭތުވެދިޔަ އަހަރުގެ ޑިސެންބަރު 19 ގައެވެ. ގިނަ އަދަދެއްގެ ދިވެހިން އެކި ބޭނުންތަކުގައި އިންޑިއާއަށް ދަތުރުކުރާތީ، މި ދަތުރުތަކަށް އޮންނަ ޑިމާންޑް އަބަދުވެސް ބޮޑެވެ.

މި ދަތުރުތަކަށް ޓިކެޓް ނެގުމުގެ ފުރުޞަތު މިހާރު މޯލްޑިވިއަން އިން ވަނީ އާންމުކޮށް ހުޅުވާލާފައެވެ. ޤައުމީ އެއަރލައިނުން މިހާރު ޝެޑިއުލް ފްލައިޓްތައް އޮޕަރޭޓް ކުރަމުން ދަނީ ބޭރުގެ 4 ޤައުމެއްގެ 7 މަންޒިލަކަށެވެ. މީގެ ތެރޭގައި ހިމެނެނީ އިންޑިއާގެ 2 ސިޓީއަކާއި، ބަންގްލަދޭޝްގެ ޑާކާގެ އިތުރުން ޗައިނާގެ 3 ސިޓީއަކާއި އޮސްޓްރޭލިއާގެ މެލްބަންއެވެ.

މޯލްޑިވިއަން އިން މިހާރު ވެސް ދަނީ ދުނިޔޭގެ އެކި ޤައުމުތަކަށް އެ އެއަރލައިންގެ ދަތުރުތައް އިތުރަށް ފުޅާކުރުމަށް ޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450