Ads by Farudhun

ޚަބަރު

ތިނަދޫ ސިޓީގައި ބިދޭސީއަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

ތިނަދޫ ސިޓީގައި ބިދޭސީއަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

ތިނަދޫ ސިޓީ. ފޮޓޯ: ފޭސްބުކް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 ސެޕްޓެމްބަރު 2026، 11:25

01 ސެޕްޓެމްބަރު 2026، 11:25

ގދ. ތިނަދޫ ސިޓީގައި ބިދޭސީއަކު ނިޔާވެފައި އޮއްވާ މިއަދު ފަތިހު ފެނިއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ގދ. ތިނަދޫ ސިނާއީ ސަރަހައްދުގައި ބިދޭސީން ދިރިއުޅޭ ތަނެއްގައި މީހަކު ނިޔާވެފައި އޮތްކަމުގެ މައުލޫމާތު މިއަދު ފަތިހު 4:11 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި، އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ ނިޔާވެފައެވެ. މިކަން ކަށަވަރުކޮށްދީފައިވަނީ ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާ ހަވާލާދީ ފުލުހުންނެވެ.

ނިޔާވެފައިވަނީ އުމުރުން 27 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށް ފުލުހުން ހާމަކުރައްވައެވެ. މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450