Ads by Farudhun

ޚަބަރު

ފުވައްމުލަކު އެތެރޭގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ބާރަށް ކުރިއަށް

ފުވައްމުލަކު އެތެރޭގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ބާރަށް ކުރިއަށް

ފުވައްމުލަކު މަގުހެދުން. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 ސެޕްޓެމްބަރު 2026، 01:21

01 ސެޕްޓެމްބަރު 2026، 01:21

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދާ ޏ. ފުވައްމުލަކު އެތެރޭގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ކާބްސްޓޯން ކާސްޓްކުރުމާއި، ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ އިތުރުން ސާވިސް ލައިން އެޅުމުގެ މަސައްކަތްތަކެވެ. މީގެއިތުރުން ސެޓްލްމަންޓް ޓޭންކްތަކާއި، ކޭބަލް ޖަންކްޝަން ބޮކްސް އަދި ހޮޅި އެޅުމުގެ މުހިންމު މަސައްކަތްތައް ވެސް ސައިޓުގައި މިހާރު ދަނީ ކުރެވެމުންނެވެ.



މި މަޝްރޫއަކީ ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަގްސަދުގައި ކުރިއަށްގެންދާ މަޝްރޫއެކެވެ. މީގެ ކުރިން މަގުތަކުގައި ފެންހިންދާ ނިޒާމުގެ މަސައްކަތްތަކެއް ފެށިފައިވީ ނަމަވެސް، މި ފިޔަވަހީގެ ދަށުން މައިގަނޑު ގޮތެއްގައި އަމާޒު ހިފާފައިވަނީ މަގުތައް ޒީނަތްތެރިކުރުމާއި، ތާރު އެޅުމާއި އަދި ޔުޓިލިޓީ އިންފްރާސްޓްރަކްޗާ ފުރިހަމަކުރުމަށެވެ.

ފުވައްމުލަކު މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގައި އޭރުގެ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާއާއި އެމްޓީސީސީއާ ދެމެދު ސޮއިކޮށްފައިވަނީ 25 ޖުލައި 2023 ގައެވެ. އެމްޓީސީސީން އަންދާޒާކުރާ ގޮތުގައި ކުރިއަށް އޮތް އަހަރުގެ ކުރީކޮޅަށް މި މަޝްރޫއުގެ މަސައްކަތްތައް އެއްކޮށް ނިންމާލެވޭނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450