Ads by Farudhun

ޚަބަރު

ފެލިވަރު ކޯލްޑް ސްޓޮރޭޖުގެ 80 އިންސައްތައަށްވުރެ ބޮޑުބައި ނިމިއްޖެ

ފެލިވަރު ކޯލްޑް ސްޓޮރޭޖުގެ 80 އިންސައްތައަށްވުރެ ބޮޑުބައި ނިމިއްޖެ

ވަޒީރު ޝިޔާމް. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 ސެޕްޓެމްބަރު 2026، 02:08

01 ސެޕްޓެމްބަރު 2026، 02:08

ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން، ޅ. ފެލިވަރުގައި ގާއިމުކުރާ 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީގެ 82 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަން ހާމަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ، އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ އެހީގައި ކުރިއަށްގެންދާ މި މަޝްރޫއުގެ އަމާޒަކީ މިއަހަރުގެ ޑިސެމްބަރު މަހު ފާހަގަކުރާ މަސްވެރިންގެ ދުވަހާ ދިމާކޮށް މި ފެސިލިޓީ އިފްތިތާހުކޮށް، މަސްވެރިންނަށް ހިދުމަތް ދޭން ފެށުން ކަމަށެވެ.

"އަޅުގަނޑުމެން އަމާޒު ހިފަނީ ހަމަ މަސްވެރިންގެ ދުވަހަށް މި ކޯލްޑް ސްޓޮރޭޖަށް މަސް ކިރޭނެ އިންތިޒާމު ހަމަޖެހޭ މިންވަރަށް މަސައްކަތް އަވަސްކުރުން،" ވަޒީރު ޝިޔާމް ވިދާޅުވިއެވެ. މި މަޝްރޫއު ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއެކު ވަޒީރު ވަނީ ދާދިފަހުން އެ ރަށަށް ޒިޔާރަތްވެސް ކުރައްވާފައެވެ.

ފެލިވަރުގެ މި މަޝްރޫއުގެ ދަށުން ކޯލްޑް ސްޓޯރޭޖުގެ އިތުރުން 200 ޓަނުގެ ބްރައިން ފްރީޒިންގ ސިސްޓަމަކާއި 80 ޓަނުގެ އާރުއެސްޑަބްލިއު ސިސްޓަމެއް ގާއިމުކުރެވިގެންދާނެއެވެ.

މި ވަސީލަތްތައް ގާއިމުވުމުން އެ ކާރުޚާނާއަށް ދުވާލަކު ކިރޭ މަހުގެ މިންވަރު 280 ޓަނަށް އިތުރުވެގެންދާނެއެވެ. މީގެ އިތުރުން، އުތުރުގެ މަސްވެރިން މަސްކިރުމަށްޓަކައި ދެކުނަށް ކުރަންޖެހޭ ދިގު ދަތުރުތަކަށާއި، ތެލަށް ހިނގާ ހަރަދަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ވަނީ ފާހަގަކުރައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450