Ads by Farudhun

ޚަބަރު

2026 ވަނަ އަހަރުގެ ނިޔަލަށް 7 އައިސް ޕްލާންޓެއްގެ ޚިދުމަތް ފަށަނީ

2026 ވަނަ އަހަރުގެ ނިޔަލަށް 7 އައިސް ޕްލާންޓެއްގެ ޚިދުމަތް ފަށަނީ

ވަޒީރު ޝިޔާމް--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

01 ސެޕްޓެމްބަރު 2026، 03:24

01 ސެޕްޓެމްބަރު 2026، 03:24

2026 ވަނަ އަހަރުގެ ނިޔަލަށް 7 އައިސް ޕްލާންޓަކުން ޚިދުމަތްދެވެން ފެށޭނެކަން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވަނީ އަދުގެ ސަރުކާރުން ވެރިކަމާއި ހަވާލުވިފަހުން 5 އައިސް ޕްލާންޓެއްގެ އަލަށް ޤާއިމުކޮށް ޚިދުމަތްދޭން ފަށާފައިވާކަން ފާހަގަކުރައްވާފައެވެ. 

އެއީ ރާއްޔިތުންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން ކުރައްވާފައިވާ މަސައްކަތެއްކަން ފާހަގަކުރައްވާ ވަޒީރު ވަނީ، އިތުރު 7 އައިސް ޕްލާންޓެއްގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

2026ގެ ނިޔަލަށް ޚިދުމަތް ފެށުމަށް ހަމަޖެހިފައިވާ 7 އައިސް ޕްލާންޓްތައް ޤާއިމުކުރާ ރަށްރަށް:

  1. މ. ވޭވަށް (60 ޓަނު)
  2. ޅ. ނައިފަރު (40 ޓަނު)
  3. ލ. މާބައިދޫ (25 ޓަނު) 
  4. ލ. މާވަށް (10 ޓަނު) 
  5. ލ. ހިތަދޫ (10 ޓަނު)
  6. އއ. އުކުޅަސް (5 ޓަނު)
  7. ބ. ކުޑަރިކިލު (5 ޓަނު)

މީގެ ތެރެއިން ބައެއް އައިސް ޕްލާންޓްތަކުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، އޭގެ ތެރެއިން ބައެއް އައިސް ޕްލާންޓްތަކުގެ މަސައްކަތް ހުރީ ފެށުމުގެ މަރުހަލާގައި ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ވަޒީރު ވަނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އިތުރު 11 ރަށެއްގައި އައިސް ޕްލާންޓް ޤާއިމުކުރުމަށް ނިންމާފައިވާކަން ހާމަކުރައްވާފައެވެ. 

ވަޒީރު ވަނީ، ސަރުކާރުން ވެރިކަމާއި ހަވާލުވުމަށްފަހު 145 ޓަނު އައިސް ޕްލާންޓްތަކަށް އިތުރު ކުރެވިއްޖެ ކަމަށާއި، އަމާޒަކީ 2026ގެ ނިޔަލަށް 300 ޓަނަށް މި އަދަދު އިތުރުކުރުން ކަމަށް ވިދާޅުވެފައެވެ. އަދި 2027 ވަނަ އަހަރުގެ ނިޔަލަށް މި އަދަދު 630 ޓަނަށް އެރުވުމަކީ ވެސް އަމާޒެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450