Ads by Farudhun

ޚަބަރު

ޒަކާތް ނެރުމާއި ބެހުމުގައި އަމަލުކުރާނެ ގޮތުގެ މިންގަނޑުތައް ހިމެނޭ ފޮތެއް ނެރެފި

ޒަކާތް ނެރުމާއި ބެހުމުގައި އަމަލުކުރާނެ ގޮތުގެ މިންގަނޑުތައް ހިމެނޭ ފޮތެއް ނެރެފި

ޒަކާތް ނެރުމާއި ބެހުމުގައި އަމަލުކުރާނެ ގޮތުގެ މިންގަނޑުތައް ހިމެނޭ ފޮތް އިފްތިތާހުކުރުން / ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

01 ސެޕްޓެމްބަރު 2026، 08:17

01 ސެޕްޓެމްބަރު 2026، 08:17

ޝަރުޢީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ޒަކާތް ނެގުމާއި ބެހުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި އެކުލަވައިލި 'ޒަކާތް ނެރުމާއި ބެހުމުގައި ޢަމަލުކުރާނެ ގޮތުގެ ޝަރުޢީ އަސާސުތަކާއި މިންގަނޑުތައް' ފޮތުގެ ދެވަނަ އިޞްދާރު މިއަދު ރަސްމީކޮށް ނެރެފިއެވެ.

މި ފޮތުގެ ދެވަނަ އިޞްދާރު ނެރެދެއްވީ މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމެންޓްސް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

އަލަށް އަދާހަމަކުރެވުނު މި އިޞްދާރުގައި ހިމަނާފައިވަނީ، 1 ޖަނަވަރީ 2026 ގައި ޢަމަލުކުރަން ފެށުނު ޒަކާތުގެ އައު ޤާނޫނުގެ ދަށުން އެކުލަވައިލެވުނު ޝަރީޢާ އެޑްވައިޒަރީ ކޮމިޓީގެ ލަފަޔާއި އިރުޝާދުގެ މަތީން ގެނެވިފައިވާ މުހިންމު އިޞްލާޙުތަކެވެ. ޝަރީޢާ އެޑްވައިޒަރީ ކޮމިޓީން އައު ޤާނޫނީ އޮނިގަނޑުގެ ދަށުން ޒަކާތް ނެގުމާއި ބެހުމާ ގުޅޭ ކަންކަމުގައި އިރުޝާދު ދެމުން ގެންދަނީ، ޒަކާތާ ގުޅުންހުރި އެންމެހައި ސިޔާސަތުތަކާއި އުޞޫލުތައް އިސްލާމީ ޝަރީޢަތާ އެއްގޮތްވާ ގޮތުގެ މަތީން ދެމެހެއްޓުމަށް އެހީތެރިވެދިނުމުގެ މަޤްޞަދުގައެވެ.

އެހެންކަމުން، މި ދެވަނަ އިޞްދާރުން ދައްކުވައިދެނީ ޒަކާތުގެ އައު ޤާނޫނާއެކު އައިސްފައިވާ ހެޔޮ ބަދަލުތަކާއި ކުރިއެރުންތަކެވެ. މީގެއިތުރުން، ޒަކާތުގެ އިދާރީ ކަންކަން ހިންގުމުގައި ބޭނުންވާ ޝަރުޢީ އަދާހަމަ އުޞޫލުތަކާއި މިންގަނޑުތައް ވެސް މި ފޮތުގެ ސަބަބުން ސާފުވެގެންދާނެއެވެ.

މި ފޮތަކީ ޒަކާތް ނެގުމާއި، ބެލެހެއްޓުމާއި، އަދި ބެހުމުގެ މަސައްކަތުގައި ޝާމިލުވާ އެންމެހައި މުއައްސަސާތަކަށާއި ފަރުދުންނަށް ވެސް ނުހަނު ބޭނުންތެރި މުހިންމު ރެފަރެންސަކަށް ވެގެންދާނެއެވެ. އަދި މީގެ ސަބަބުން ޝަރުޢީ މިންގަނޑުތަކާ އެއްގޮތަށް، ހަމަހަމަކަމާއި ދެފުށް ފެންނަ އުޞޫލުތަކެއް ހިފެހެއްޓުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.

މި ފޮތް މިހާރު މޯލްޑިވްސް ޒަކާތު ހައުސްގެ ރަސްމީ ވެބްސައިޓުން ކޮންމެ ފަރާތަކަށް ވެސް ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް އެ އިދާރާއިން މަޢުލޫމާތު ދެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450