Ads by Farudhun

ޚަބަރު

މި އަހަރުގެ މާމަކާފަ ދުވަސް ރަސްމީކޮށް ފާހަގަކުރަމުން ދަނީ އޭދަފުށީގައި

މި އަހަރުގެ މާމަކާފަ ދުވަސް ރަސްމީކޮށް ފާހަގަކުރަމުން ދަނީ އޭދަފުށީގައި

އޭދަފުށީގައި މާމަކާފަ ދުވަސް ފާހަގަކުރުމަށް ކުރިޔަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން / ފޮޓޯ: ޕެންޝަން އޮފީސް

farudhun logo

ފަރުދުން

01 ސެޕްޓެމްބަރު 2026، 09:56

01 ސެޕްޓެމްބަރު 2026، 09:56

މި އަހަރުގެ ޤައުމީ މާމަކާފަ ދުވަސް ރަސްމީކޮށް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ޚާއްޞަ ހަރަކާތްތައް ބ. އޭދަފުށީގައި ފަށައިފިއެވެ.

މި ދުވަސް ފާހަގަކުރުމުގެ ގޮތުން އޭދަފުށީގައި ކުރިއަށްގެންދާ ހަރަކާތްތަކަކީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އަދި ބ. އޭދަފުށީ ކައުންސިލް ގުޅިގެން ބާއްވާ ހަރަކާތްތަކެކެވެ. މި މުނާސަބަތާ ގުޅުވައިގެން ދެ ދުވަހުގެ މުއްދަތަށް ބަހާލައިގެން ތަފާތު ގިނަ ހަރަކާތްތަކެއް އެ ރަށުގައި ހިންގުމަށް ވަނީ ރޭވިފައެވެ.

ކޮންމެ އަހަރެއްގެ ވެސް ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަހަކީ ރާއްޖޭގައި ޤައުމީ ފެންވަރުގައި ފާހަގަކުރާ މާމަކާފަ ދުވަހެވެ. މި ދުވަސް ރާއްޖޭގައި ފާހަގަކުރަން ފަށާފައިވަނީ 2020 ވަނަ އަހަރުން ފެށިގެންނެވެ. މިއީ އާއިލާ އާއި ޤައުމު ބިނާކުރުމުގައި އަގުހުރި ޚިދުމަތްތަކަކާއި އެތައް ޤުރުބާނީއެއް ވެފައިވާ މާމައިންނާއި ކާފައިންގެ އަގުވަޒަންކޮށް، މުޖުތަމަޢާއި އާއިލާގައި އެފަރާތްތަކުގެ މުހިންމު ދައުރު ހަނދާންކޮށްދިނުމުގެ މަޤްޞަދުގައި ފާހަގަކުރާ ދުވަހެކެވެ.

އޭދަފުށީގައި މާމަކާފަ ދުވަސް ފާހަގަކުރުމަށް ކުރިޔަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން / ފޮޓޯ: ޕެންޝަން އޮފީސް

ޕެންޝަން އޮފީހުން ވިދާޅުވި ގޮތުގައި، އޭދަފުށީގައި މި ބާއްވާ ހަރަކާތްތަކުގެ މައިގަނޑު މަޤްޞަދަކީ މާމައިންނާއި ކާފައިންނަށް އެފަރާތްތަކުގެ ޢާއިލާތަކާއެކު އުފާވެރި އަދި އެކުވެރި މާޙައުލެއްގައި ވަގުތު ހޭދަކޮށް، އާއިލީ އަދި އިޖުތިމާޢީ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.

ރާއްޖޭގެ އާބާދީގެ ނިސްބަތަށް ބަލާއިރު، ދުވަސްވީ މީހުންގެ އާބާދީ އިތުރުވަމުން އަންނަކަން ފާހަގަކުރެވިފައިވާތީ، ދުޅަހެޔޮ ސިއްޙަތެއްގައި ދިރިއުޅުމުގެ ކަންކަން ބައްޓަންކުރުމަށް ދުވަސްވީ ޖީލުތަކަށް މަގުދައްކައިދީ، ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތައް ވެސް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އަންނަނީ މެދުކެނޑުމެއްނެތި ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450