ޚަބަރު
ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރިކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް އެދިއްޖެ
ޝަހީދު ހުސައިން އާދަމް ބިލްޑިންގް----
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ގާނޫނާ
ހިލާފަށް ވިޔަފާރި އުސޫލުން ބޭރު ފައިސާ މާރުކުރުމުގެ އަމަލުތައް ހިންގާ ފަރާތްތަކާބެހޭ މައުލޫމާތު ހިއްސާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ.
ފުލުހުން އާއްމުކުރި އިއުލާނެއްގައި އެ އިދާރާއިން ވަނީ، މިފަދަ ފަރާތްތަކާ ގުޅޭ މައުލޫމާތު އެ އިދާރާއިން އެކަމަށް ހާއްސަކޮށްފައިވާ ޓާސްކްފޯސްއާއި ހިއްސާކުރުމަށް އެދިފައެވެ. މައުލޫމާތު ހިއްސާކުރުމަށް ޓަކައި ޓާސްކްފޯސްގެ
އޮޕަރޭޝަންސް ނަންބަރު 9388733 އަށް މެސެޖުކުރެއްވުމަށް ފުލުހުން އެދެއެވެ.
މި ނަންބަރަށް އެސްއެމްއެސްގެ އިތުރުން ވައިބަރ، ވަޓްސްއެޕް އަދި ޓެލެގްރާމް ފަދަ މެސެޖިންގ އެޕްލިކޭޝަންތައް މެދުވެރިކޮށް ވެސް މައުލޫމާތު ހިއްސާކުރެއްވޭނެ ކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވަނީ، އެ ނަންބަރަށް މެސެޖުކޮށް މައުލޫމާތު ހިއްސާކުރައްވާ ފަރާތްތަކުގެ ވަނަވަރާއި މައުލޫމާތުތައް ފުރިހަމައަށް
ރައްކާތެރިކޮށްދޭނެކަމުގެ ޔަޤީންކަންދެއްވާފައެވެ. އަދި މިގޮތަށް މައުލޫމާތު ދެއްވާ ފަރާތްތަކުން، މައްސަލައިގެ
ތަހުގީގީ އެއްވެސް އިޖުރާއަތެއްގައި ބައިވެރިވާން ނުޖެހޭނެކަމަށް ފުލުހުން ވިދާޅުވިއެވެ.
އެ އިދާރާއިން ވަނީ މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކުރައްވާފައެވެ.
ރާއްޖޭގައި ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ މައްސަލަ ބޮޑުވެފައިވާއިރު، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވަނީ، ކަޅުބާޒާރުގައި ހުއްދަ ނުނަގާ ޑޮލަރު ވިއްކާ ކޮންމެ ޓްރާންސެކްޝަނަކީ އެއަށް ޤާނޫނުގެ ދަށުން އެމްއެމްއޭއިން ފިޔަވަޅު އަޅާނެކަމަށް ކަމެއްކަމަށް ވިދާޅުވެފައެވެ. އެގޮތުން 5 ހާހާއި 1 މިލިޔަން ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ޤާނޫނުގައި ކަނޑައަޅާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.