Ads by Farudhun

ޚަބަރު

އުފެއްދުންތެރިކަމުގެ މައުރަޒަށް ހުށަހެޅި އެޕްލިކޭޝަންތައް ދެގުނަ އިތުރު: ވަޒީރު ސަޢީދު

އުފެއްދުންތެރިކަމުގެ މައުރަޒަށް ހުށަހެޅި އެޕްލިކޭޝަންތައް ދެގުނަ އިތުރު: ވަޒީރު ސަޢީދު

ކުރިން ބޭއްވުނު އުފެއްދުންތެރިކަމުގެ މައުރަޒެއްގެ ތެރެއިން. ފޮޓޯ: ޕީއެސްއެމް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

02 ސެޕްޓެމްބަރު 2026، 09:09

02 ސެޕްޓެމްބަރު 2026، 09:09

ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒަށް 700 އަށްވުރެ ގިނަ ފަރާތުން ވަނީ ކުރިމަތިލާފައި ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު  ވިދާޅުވެއްޖެއެވެ. 

މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު މިދިޔަ ހޯމަ ދުވަހު ހަމަވެފައިވާއިރު، ވަޒީރު މުޙައްމަދު ސަޢީދު  އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަހަރުގެ މައުރަޒަށް ލިބުނު 700 އަށްވުރެ ގިނަ އެޕްލިކޭޝަނަކީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު ދެގުނައިގެ އިތުރުވުމެއް ކަމަށެވެ. 

 މީގެއިތުރުން މި މައުރަޒަކީ އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށާއި، ކުރިއަރަމުން އަންނަ ވިޔަފާރިތަކުގެ އުފެއްދުންތަކާއި ހުނަރުވެރިކަން ދައްކާލުމަށް ލިބިގެންދާ އަގުހުރި ފުރުސަތެއްކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.



ވޭތުވެދިޔަ އަހަރު މި މައުރަޒުގައި ބައިވެރިވުމަށް އެދި ހުށަހެޅީ ގާތްގަނޑަކަށް 270 ފަރާތަކުންނެވެ. ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒަކީ ރާއްޖޭގެ މަސައްކަތްތެރިންނާއި ހުނަރުވެރި އުފެއްދުންތެރިންގެ މަސައްކަތްތައް އެއް ފުރާޅެއްގެ ދަށުން ދައްކާލުމަށާއި، އެ ތަކެތި އިޝްތިހާރުކޮށް މާކެޓްކުރުމުގެ މަގުފަހިކޮށްދިނުމަށް ބާއްވާ މިފަދަ އެންމެ ބޮޑު ހަރަކާތެވެ.

މި އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުކޮޅު ބޭއްވުމަށް ކަނޑައަޅާފައިވާ މި މައުރަޒާއި ގުޅޭ  މުހިންމު ކަންކަން ނިންމައި، ވާންޖެހޭ ތައްޔާރީތައް މިހާރު ދަނީ ކުރިއަށެވެ. ވެ. މި އަހަރުގެ މައުރަޒުން ފާހަގަކޮށްލެވޭ އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ ބައިވެރިވެވޭ އުމުރުފުރާތަކަށް ގެނައި ބަދަލެވެ. އެގޮތުން، މިފަހަރުގެ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި އުމުރުން 13 އަހަރު ފުރިފައިވާ ކޮންމެ ފަރާތަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މި ހަރަކާތުގައި އުފެއްދުންތައް ދައްކާލުމުގެ އިތުރުން، ވިޔަފާރިތައް އިޝްތިހާރުކުރުމަށާއި މުދާ ވިއްކުމަށް ޚާއްޞަ އެކި ޒޯންތައް ހުންނާނެއެވެ. ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި 16 ދާއިރާއަކަށް ނިސްބަތްވާ 73 ކެޓަގަރީއަކުން އުފެއްދުންތަކާއި ޚިދުމަތްތައް ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި މައުރަޒު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ 23 އިން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

ރާއްޖޭގެ މަސައްކަތްތެރިންގެ ވިޔަފާރިތައް އިޝްތިހާރުކޮށް ތަރައްޤީކުރުމާއެކު، އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްކޮށްދިނުމަކީ ވިޔަފާރީގެ ސިޔާސަތުތަކުގެ ތެރެއިން ސަރުކާރުން އެންމެ އިސްކަންދޭ އެއް ލަނޑުދަނޑިއެވެ.

 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450