ޚަބަރު
އޮޅުވެލިފުށީ ބަނދަރު އަޕްގްރޭޑް ކުރުމުގެ ދަށުން 207 މީޓަރުގެ ބްލޮކް ޖަހައި ނިންމައިފި
މި މަސައްކަތުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ
ޅ. އޮޅުވެލިފުށީ ބަނދަރު އަޕްގްރޭޑް ކުރުމުގެ ދަށުން 207 މީޓަރުގެ ބްލޮކް ޖަހައި ނިންމާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އިން ވިދާޅުވެއްޖެއެވެ.
އެ ކުންފުނން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޮޅުވެލިފުށީ ބަނދަރު އަޕްގްރޭޑް ކުރުމަށް ޓަކައި ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ޅ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އޮޅުވެލިފުއްޓަށް ވަޑައިގެން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އެދި މި މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާއިރު، މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ވަނީ، ގެ ބަނދަރު ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢަށް ބޭނުންވާ ކޮންކްރީޓް ބްލޮކްތަކުގެ ހަތަރުވަނަ ޝިޕްމެންޓް އެ ރަށަށް ގެންގޮސްފައެވެ.
Project Update: Design and Build of Harbor Upgrade at Lh. Olhuvelifushi
— MTCC Plc (@MTCCPlc) September 2, 2026
207 m blocks installed.
Follow more updates at: https://t.co/RjAFCf3rnI #MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC pic.twitter.com/PpjN8tjadK
މަޝްރޫއުގެ ދަށުން 7,534 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރީގެ ފަޅު އަލުން ފުންކުރުމާއި، 49,857 ކިއުބިކް މީޓަރުގެ އައު ހާބަރ ބޭސިން ފުންކުރުމުގެ އިތުރުން 14,160 ކިއުބިކް މީޓަރުގެ ނެރު ފުންކުރުން ހިމެނެއެވެ. އަދި 164 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 172 މީޓަރުގެ ބޭރުތޮށި ލުމާއި، އެތެރެވަރިއާއި ބޭރުތެރެއަށް ވާގޮތަށް 156 މީޓަރުގެ ދެ ވެލިތޮށި ޖެހުމުގެ އިތުރުން 246 މީޓަރުގެ އެއްގަމުތޮށްޓެއް ލުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، 11 މީޓަރުގެ ރޭމްޕަކާއި، 27 މީޓަރުގެ އާރްސީ ބްރިޖެއްގެ އިތުރުން 132 މީޓަރުގެ އާރްސީ ޖެޓީއެއް ހެދުން މަޝްރޫއުގައި ހިމެނެއެވެ. އަދި 1,149 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތިއާއި ނެރު ބައްތި ހަރުކުރުމުގެ އިތުރުން ފެރީ ބަނދަރު ކުރަން ބޭނުންވާ އެކްސަސް ޕްލެޓްފޯމެއް ވެސް ގާއިމުކުރެވޭނެއެވެ.
މިއީ ދައުލަތުގެ ބަޖެޓުން 66.40 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން، 450 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަސައްކަތެކެވެ. މި މަޝްރޫޢު ނިމުމާއެކު އޮޅުވެލިފުށީގެ ރައްޔިތުންނަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.