Ads by Farudhun

ޚަބަރު

ގަމު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 87 އިންސައްތަ މަސައްކަތް ނިމިއްޖެ

ގަމު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 87 އިންސައްތަ މަސައްކަތް ނިމިއްޖެ

ލ. ގަމު ބަނދަރު ހެދުމުގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 ސެޕްޓެމްބަރު 2026، 03:00

02 ސެޕްޓެމްބަރު 2026، 03:00

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދާ ލ. ގަމު ތުނޑި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 87 އިންސައްތަ ނިމިފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި މިހާރު ކުރިއަށްދަނީ ބަނދަރުގެ އެޕްރޯޗް ސްލެބް ކޮންކްރީޓް ކުރުމުގެ މަސައްކަތްތަކާއި، ކީވޯލް ކޮންކްރީޓް ކެޕިންގ އެޅުމުގެ މަސައްކަތްތަކެވެ. މި މަޝްރޫޢަކީ މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 24.71 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

މަޝްރޫޢުގެ ދަށުން ކުރެވޭ މައިގަނޑު މަސައްކަތްތައް
ގަމު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ދަށުން 360 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 310 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ. މީގެއިތުރުން 2،501 އަކަމީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބްރިޖެއް އެޅުމުގެ އިތުރުން މަގުބައްތި އަދި ނެރުބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.

މި މަޝްރޫޢުގެ އިތުރުން، ގަމު ކައުންސިލުން ވަނީ ރަށުގެ ފަތުރުވެރިކަމަށް ފުރުޞަތު ފަހިކުރުމުގެ ގޮތުން ޔޮޓް މެރީނާއަކަށް ޖާގަ ކަނޑައެޅުމަށާއި، ބޭރު ފަރާތުން ޚާއްޞަ ނެރެއް ފުންކޮށް ކެނޑުމުގެ އިތުރުން ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތް މަޝްރޫޢުގެ ތެރޭގައި ހިމަނައިދިނުމަށް ސަރުކާރުގައި އެދިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450