Ads by Farudhun

ޚަބަރު

އެފްޑީސީ ޓަވަރުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މަޝްވަރާކުރަނީ

އެފްޑީސީ ޓަވަރުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މަޝްވަރާކުރަނީ

އެފްޑީސީ ޓަވަރުތައް--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

03 ސެޕްޓެމްބަރު 2026، 09:32

03 ސެޕްޓެމްބަރު 2026، 09:32

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ޓަވަރުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށް އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު، ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ، އެފް.ޑީ.ސީގެ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކުރުމަށާއި، އެ ޓަވަރުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރަމުންގެންދާ ކަމަށެވެ.

އެގޮތުން، ހުރިހާ ޔުނިޓުތަކެއްގައި ވެސް ސަލާމަތީ އިތުރު ފިޔަވަޅުތައް އަޅަން ނިންމާފައިވާ ކަމަށާއި، އެންމެ ބޮޑަށް އިސްކަންދޭންޖެހޭ ޔުނިޓުތައް އިސްކޮށް، އެ ޚިދުމަތް ދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަޝްވަރާތައް ދަނީ ކުރެވެމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދަވާ މަސައްކަތެއްކަން މެނޭޖިން ޑިރެކްޓަރު ފާހަގަކުރެއްވިއެވެ. 



ޝަކީލް މި ވިދާޅުވެފައި ވަނީ، ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ދެ ޓަވަރަކުން ކުޑަކުދިން ވެއްޓުމުގެ ހާދިސާތަކަކާއި މަގުމަތީ އެކްސިޑެންޓެއްގައި ކުޑަކުއްޖަކު މަރުވުމާ ގުޅިގެން، އުސް އިމާރާތްތަކާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރަން ޖެހޭ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވާ ވަގުތެއްގައެވެ.

މީގެ އިތުރުން، އުސްކޮށް ހަދާފައިވާ ތަންތަނުގެ ބެލްކަންޏާއި ކުޑަދޮރުތައް އަދި ރެއިލިންގ ފަދަ ބައިތަކުގެ ރައްކާތެރިކަން ފުރިހަމައަށް ހުރިކަން ކަށަވަރުކުރުމަކީ ނުހަނު ބޭނުންތެރި ކަމެއްގެ ގޮތުގައިވެސް ރައީސް ވަނީ ބަޔާންކުރައްވާފައެވެ.

 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450